ދިރާގުން ސެމްސަންގް ބްރޭންޑްގެ އެންމެ ފަހުގެ ފޯނު، "އެސް9" އަދި "އެސް9 ޕްލަސް" އަށް ޕްރީ އޯޑާ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެސް9 އަދި އެސް9 ޕްލަސްއަށް ޕްރީއޯޑާ ކުރުމުގެ ފުރުސަތު ދިރާގުން ހުޅުވާލީ އިއްޔެއިން ފެށިގެންނެވެ.

ދިރާގުންބުނީ މިދިޔަ އަހަރު ދިރާގުން ތައާރަފްކުރި އައު ޕޯސްޓްޕެއިޑް ޕެކޭޖް ގެންފުޅޭ ފަރާތްތަކަށް އެސް9 އަދި އެސް9 ޕްލަސްގެ ފޯން އިންސްޓޯލްމަންޓަށް ނެގުމުގެ ފުރުސަތު އޮންނާނެކަމަށެވެ. އޭގެ އިތުރުން ދިރާގުން ގަންނަ ކޮންމެ ފޯނަކާއެކު ހަ މަސްދުވަސް ވަންދެން ކޮންމެ މަހަކުވެސް ފަސް ޖީބީ ފްރީ ބޯނަސް ޑޭޓާވެސް ލިބޭނެކަމަށް ދިރާގުން ބުންޏެވެ.

އެސް9 އަދި އެސް9 ޕްލަސް ހޯދުމަށް ޕްރީއޯޑާ ކުރާ ފަރާތްތަކަށް ސެމްސަންގ ގިއާ ސްޕޯޓްސް ވޮޗެއް 30 ޕަސެންޓް ޑިސްކައުންޓާއެކު ލިބޭނެކަމަށްވެސް ދިރާގުން ބުންޏެވެ.

ދިރާގުގެ ވެބްސައިޓް މެދުވެރިކޮށް ޕްރީއޯޑާ ކުރެވޭނެކަމަށް ދިރާގުން ބުންޏެވެ.

ސެމްސަންގުން އެންމެފަހުން ބާޒާރަށް ނެރެފައިވަނީ މިޑްނައިޓް ބްލެކް، ކޮރަލް ބްލޫ އަދި ލިލަކް ޕާޕަލް ކުލައިގެ ސަމްސަންގް އެސް-9 އަދި އެސް-9 ޕްލަސްގެ 64ޖީބީ އާއި 128ޖީބީގެ ފޯނެވެ.