މަޝްހޫރު ޑައިރެކްޓަރު އަޝުތޯޝް ގޮވަރިކާގެ ތާރީހީ ފިލްމެއް ހަދަން އުޅޭ ކަމަށް މިހާރު ވަނީ އިއުލާން ކޮށްފައެވެ.

ފިލްމު "ޕަނިޕަތު"ގެ ޓީޒާ ޕޯސްޓަރު މިހާރު އާންމުކޮށްފައިވާއިރު ފިލްމުގެ ތަރިންގެ ގޮތުގައި ހަރަކާތްތެރިވާނީ ސަންޖޭ ދަތާއި އަރުޖުން ކަޕޫރާއި ކިރިތީ ސެނަން ކަމަށް ރިޕޯޓް ތައް ބުނެއެވެ.

ސަންޖޭ އާއި އަޝޫތޯޝް އެންމެ ފަހުން އެއްކޮށް މަސައްކަތްކޮށްފައިވަނީ މީގެ 32 އަހަރު ކުރިންނެވެ. 1986 ވަނަ އަހަރުގެ ފަހުން އެ ދެތަރިން އެއްކޮށް މަސައްކުރާ ފުރަތަމަ ފަހަރަށް މި ފަހަރު ވެގެންދާނެއެވެ.

"ހުރިހާ ތަރިންނާ މެދުވެސް ވަރަށް ހިތްހަމަ ޖެހޭ. އަނެއްކޮޅުން ލައްކަ ގިނަ ދުވަސްވެއްޖެ ސަންޖޭއާ އެކީ މަސައްކަތް ކޮށްލަން ނުލިބޭތާ ވެސް. އެއީ އަނެއް އުފާ. ތަރިންގެ އެކްޓިންނާ މެދު ސުވާލުވެސް ނުއުފެދޭ،" އަޝުތޯޝް ބުންޏެވެ.

ފިލްމުގެ އަންހެން ލީޑް އަދި ހަމަޖައްސައިފައެއް ނުވެއެވެ. ވިޝަން ވޯލްޑް އިން ޕްރޮޑިއުސްކުރާ އެ ފިލްމު އަންނަ އަހަރުގެ ޑިސެމްބަރު ހައެއްގައި ރިލީޒްކުރުމަށް ވަނީ ހަމަޖެހިފައެވެ.