ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ރެ ފުލުހުން ހައްޔަރުކުރި ކުރީގެ އެސްޕީޖީގެ ތިން މީހުން ދޫކޮށްލައިފި އެވެ.

ރޭ ފުލުހުން ހައްޔަރު ކޮށްފައިވަނީ ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ ކުރީގެ ބޮޑީގާޑު އަހްމަދު ޝާނީޒާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދެ ބޮޑީގާޑުން ކަމަށްވާ ސިމާދު އަހުމަދާއި ފައްތާހު އެވެ.

އެތިން މީހުން ފުލުހުން ހައްޔަރުކޮށްފައި ވަނީ ބޮޑުތަކުރުފާނު މަގު ގާޑިއަލެއް ކައިރީ ތިއްބަ އެވެ.

ޝާނީޒާއި ސިމާދު ސިފައިންގެ ވަޒީފާއިން ވަކިކޮށްފައިވާއިރު ސަރުކާރު ވައްޓާލަން އުޅޭކަމުގެ ތުހުމަތުގައި ބައެއް ސިފައިންނާއި ފުލުހުންގެ ފޯނު ދަނީ ހިފަހައްޓަމުންނެވެ. މި ކަމާ ގުޅިގެން ސިފައިންނާއި ފުލުހުންގެ ބަހެއް ނުލިބެއެވެ.