16 Mar 2018, 00:38
އިދިކޮޅު ފަރާތްތަކުން މިރޭ މާލޭގައި މުޒާހަރާ ކުރި ސަރަހައްދުގައި ހުރި ގ.ސްނޯލައިޓުން ދަގަނޑު ބުރި ތަކެއް ފުލުހުން ހޯދައިފި އެވެ.
ފުލުހުން މިރޭ ކުރި ޓްވީޓެއްގައި އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަނީ ކޮންކްރީޓް ދަގަނޑުތަކެއް ބުރި ކޮށް ހަތަރު ދަނގަޑު ބަޔަކަށް ވާ ގޮތަށް ބަނދެފައިވާ ތަނެވެ.
ފުލުހުން ބުނީ ޖުމްލަ 24 ދަގަނޑު ބުރި ފެނިފައިވާ ކަމަށެވެ. އެމައްސަލާގައި މީހަކު ހައްޔަރު ކުރި ކަމެއް އަދި ނުކުރާ ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ރޭގެ މުޒާހަރާ ކުރި ސަރަހައްދުން ޖޫސްޕެކެޓަށް އަޅާފައިވާ މިރުސް ޕެކެޓްތަކެއް ފުލުހުން ވަނީ ހޯދާފަ އެވެ. އަދި ފުލުހެއް ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައެއްގައި ވަނީ މީހަކު ހައްޔަރުކޮށްފަ އެވެ.