ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.

ފުލުހުން މިރޭ މުހައްމާ ހައްޔަރު ކުރީ އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމުގެ ތެރެއިންނެވެ. މީގެ ކުރިންވެސް ދެ ފަހަރަކަށް ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ.

ސަރުކާރު ވައްޓާލަން މުހައްމާ ރިޝްވަތު ދިން ކަމަށް ބުނާ މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެމައްސަލާގައި މުހައްމާ ފުލުހަށް ހާޒިރުކޮށް މިއަދު ވަނީ ސުވާލުވެސް ކޮށްފަ އެވެ.

އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި އެއްވުމުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންވެސް ފުލުހުން ހައްޔަރު ކުރި އެވެ.

އެހެން ނަމަވެސް އެމީހުން ވަނީ މިރޭ ދޫކޮށްލާފަ އެވެ.