ކާރެއްގައި ރޯކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 38 އަހަރުގެ ފިރިހެނެއް ކަމަށެވެ. ފުލުހުން ބުނީ އެމައްސަލަ ބަލަމުން ދާ ކަމަށެވެ.

ނަމަވެސް ކާރުގައި ރޯކޮށްލަން އުޅުނީ މާލޭގައި ކަމެއް ނުވަތަ އަތޮޅުތެރޭގައި ކަމެއް ފުލުހުން ނުބުނެއެވެ.

ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ މާލޭގެ އެކި ތަންތަނުގައި ރޯކޮށް ގެއްލުން ދިނުމަށް ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.