ހައްޔަރުކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުން ފާތިމަތު ނާސިރާ ދޫނީދޫއިން ގޭބަންދަށް ބަދަލުކޮށްފި އެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަން ވައްޓާލަން ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި ނާސިރާ ހައްޔަރުކުރީ މިދިޔަ މަހުގެ އަށް ވަނަ ދުވަހު އެވެ.

ނާސިރާގެ ސިއްހީ ހާލަތު ގޯސްވެ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް މިއަދު ފުލުހުން ނާސިރާ ގޭބަންދަށް ބަދަލުކޮށްފައިވާ ކަން 'ސަން' އަށް ވަނީ އެނގިފަ އެވެ.

އަލީ ހަމީދު ހައްޔަރުކުރީ ގައުމަށް ހިޔާނާތްތެރިވުމާއި ރިޝްވަތުހިފުމުގެ އިތުރުން ގާނޫނީ ސަރުކާރު ބަޣާވާތަކުން ވައްޓާލަން މަސައްކަތް ކުރިކަމުގެ ތުހުމަތުގައެވެ.