15 Mar 2018, 13:17
ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް އިބްރާހިމް އުވެއިސް އައްޔަނުކުރައްވައިފިއެވެ.
އުވެއިސް އަށް ސަފީރު ކަމުގެ ފަތްކޮޅު އެރުއްވީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.
ޖަޕާނަށް ކަނޑައަޅާ ސަފީރުގެ ގޮތުގައި އުވެއިޝް އަށް ރުހުން ދިނުމަށް މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ސަރުކާރު ކޯލިޝަންގެ 32 މެންބަރުން ވަނީ ވޯޓު ދެއްވައިފައެވެ.
ޖަޕާނަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމުގައި މީގެ ކުރިން ހުންނެވީ މުހައްމަދު ހުސައިން ޝަރީފް (މުންދު)އެވެ. މުންދު ލަންކާގައި ހުންނަވާ ސަފީރުގެ މަގާމަށް ބަދަލު ކުރެވުނު ފަހުން ޖަޕާނު އެންމެބެސެޑަރުގެ މަގާމު އޮތީ ހުސްކޮށެވެ.