15 Mar 2018, 12:41
އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފ. އަތޮޅު ބުރުގައި މަގޫދޫއާ ދެކޮޅަށް ކުޅުނު އަވޭ ލެގު ކާމިޔާބުކޮށް ނިލަންދޫން އުންމީދު ބޮޑުކޮށްފި އެވެ.
މި އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި ފ. އަތޮޅުން ބައިވެރިވެފައި ވަނީ ނިލަންދޫ އަދި މަގޫދޫ އެކަންޏެވެ. އެހެންކަމުން އެ އަތޮޅުގެ އަތޮޅު ބުރު ކުރިއަށް ގެންދަނީ ހޯމް އެންޑް އަވޭ އުސޫލުން ދެ މެޗު ކުޅެ މޮޅުވާ ޓީމަށް ޗެމްޕިއަންކަން ލިބޭ ގޮތަށެވެ.
މަގޫދޫ ފުޓުބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗު ނިލަންދޫން ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ.
މެޗުގެ ހަމައެކަނި ގޯލް މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ އަބްދުލް ޖަލީލު އަބްދުލް ރައްޒާގެވެ.
ނިލަންދުއާއި މަގޫދޫ ވާދަކުރާ ދެވަނަ ލެގު އޮންނާނީ މާދަމާ ނިލަންދޫ ދަނޑުގަ އެވެ.