15 Mar 2018, 13:11
ސިންގަޕޫރުގެ ޓަފް އޮފް ޝޯ ކުންފުންޏާ ހަވާލުކޮށްގެން ޔޫއޭއީގެ އެހީގައި ނ. މާފަރުގައި ތަރައްގީކުރާ އެއާޕޯޓުގެ އަމަލީ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށް ރީޖަނަލް އެއާޕޯޓްސްއިން ބުނެފިއެވެ.
ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ޖެނެރަލް ސާމީ އަގީލް "ސަން"އަށް ވިދާޅުވީ މާފަރު އެއާޕޯޓުގައި މިހާރު ކުރިއަށްދަނީ ރަންވޭގެ މަސައްކަތް ކަމަށެވެ.
"މިހާރު ކުރެވެމުންދާ މަސައްކަތަކީ ރަންވޭ، އޭޕްރަން އަދި ޓެކްސީވޭ ސަބްގްރޭޑް ކުރުމުގެ މަސައްކަތް،" ސާމީ ވިދާޅުވިއެވެ.
މާފަރުގައި ތަރައްގީ ކުރާ އެއާޕޯޓަކީ އެއާބަސް އޭ320 އަދި ބޮއިންގް 737 މަރުކާގެ މަތިންދާބޯޓު ޖެއްސޭ 2،200 މީޓަރުގެ ރަންވޭއަކާއި ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކުރެވޭ އެއާޕޯޓެކެވެ.
މިއެއާޕޯޓުގައި ޕެސެންޖަރު ޓާމިނަލްގެ އިތުރުން ވީިވީއައިޕީ ޓާމިނަލްއަކާއި ޖެޓް ޕާކިންގް ފެސިލިޓީޒް ހިމެނޭނެއެވެ.
މިއަހަރުގެ ޖެނުއަރީ މަހު މާފަރު އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށާފައި ވާކަމަށާއި އަންނަ ޖުލައިގެ ނިޔަލަށް މަސައްކަތް ނިންމާ، ޚިދުމަތްދެވޭ ވަރު ވާނެކަމަށް ސާމީ ވިދާޅުވިއެވެ. އެއާޕޯޓު ހިންގާނެ ފަރާތެއް އަދި ހަމަނުޖައްސާ ކަމަށާއި، ނަމަވެސްޔަގީނުންވެސް އެއާޕޯޓު ހިންގާނީ ސަރުކާރުން ކަމަށްއޭނާ ވިދާޅުވިއެވެ.
އެއާޕޯޓުގެ މަސައްކަތްތަކާ ގުޅޭގޮތުން މާފަރު ކައުންސިލްގެ ރައީސް އަބްދުލްމާޖިދު އަލީ "ސަން"އަށް ވިދާޅުވީ އެއާޕޯޓުގެ ކަންތައް މިހާރު ކުރިއަށް ދާގޮތުން ރައްޔިތުން ތިބީ ވަރަށް ހިތްހަމަޖެހިފައި ކަމަށެވެ.
"ވަރަށް އުންމީދުކޮށްގެން ތިބި ކަމެއް މިއީ. ބާރަށް މަސައްކަތް ކުރިއަށް އެބަދޭ. ހުރިހާ ރައްޔިތުންވެސް ތިބީ ވަރަށް ހިތްހަމަ ޖެހިފައި،"
މާޖިދު ވިދާޅުވީ މާފަރު އެއާޕޯޓާއެކު އެ ސަރަހައްދުގެ ތަރައްގީއަށް އަދި މާފަރުގެ ތަރައްގީއަށް ބޮޑެތި ކުރިއެރުންތައް އަންނާނެ ކަމަށެވެ.
ނ. އަތޮޅުގައި އެންމެ މަތީފެންވަރުގެ ޓޫރިޒަމް ތަރައްގީ ކުރުމަށާއި ބައިނަލްއަގުވާމީ އެއާޕޯޓަކާއެކު ސިޓީ ހޮޓަލެއް ތަރައްގީ ކުރުމުގެ 60 މިލިއަން ޑޮލަރުގެ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިއެއް (އެމްއޯޔޫ)ގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ނުވަތަ އަބޫދާބީ ފަންޑާ އެކު ދިވެހި ސަރުކާރުން