15 Mar 2018, 10:40
އުރީދޫ މޯލްޑިވްސްއިން "ވަރަށް ތަފާތު" ގެ ނަމުގައި ކެމްޕެއިނެ ލޯންޗުކޮށްފިއެވެ.
"ވަރަށް ތަފާތު" އެ ކެމްޕެއިން އުރީދޫގެ މުވައްޒަފުންނާއެކު މިއަދު ހެންވޭރު އާޓިފިޝަލް ބީޗުގައި ލޯންޗުކޮށްފައިވަނީ ތަފާތު އެކި ހަރަކާތްތަކާއެކު، ވަރަށް ތަފާތު ގޮތަކަށެވެ.
އެ ކެމްޕޭން ލޯންޗުކުރުމަށްފަހު ވާހަކަފުޅު ދައްކަވަމުން އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ، އުރީދޫއިން ރާއްޖޭގައި މުއާސަލާތީ ހިދުމަތް ދޭންފަށައި، ވޭތުވެ ދިޔަ ކޮންމެ އަހަރަކީ މުޅިން ތަފާތު އަހަރެއް ކަމަށެވެ.
އަދި އުރީދޫގެ ކޮންމެ ކަސްޓަމަރަކީވެސް ވަރަށް ތަފާތު މީހެއް ކަމަށާއި އުރީދޫއިން މަސައްކަތްކުރަނީ އެ ހުރިހާ ތަފާތުތަކަށްކަށް އެންމެ ފުރިހަމަ ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ.
"އުރީދޫއިން ގަބޫލުކުރަނީ މުޖުތަމައު ބިނާކުރުމަށް. މުޖުތަމައަށް އެންމެ ރަނގަޅު ހިދުމަތް ފޯރުކޮށްދިނުމަށް. އަދި އުރީދޫއިން އަބަދުވެސް ކުރިއަށްދަނީ އެންމެންގެވެސް ލޯތްބާއި އިތުބާރު ހޯދުމަށް،" ނަޖީބް ހާން ވިދާޅުވިއެވެ.
މުޅި އަހަރަށް ދެމިގެންދާ އެ ކެމްޕެއިންގެ ދަށުން އިޖްތިމާއީ ތަފާތު ހަރަކާތް ތަކަކާއި އުރީދޫގެ ކަސްޓަމަރުންނަށް ވަރަށް ތަފާތު އެކި ސަޕްރައިޒްތައް ދެމުންގެންދާނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.
Enmenves#VarahThafaathu. Enmenah#Ooredoo.pic.twitter.com/29voppEGo1
— Ooredoo Maldives (@OoredooMaldives)March 15, 2018