15 Mar 2018, 09:03
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މީގެ ކުރިން ހައްޔަރުކޮށް، ފަހުން ދޫކޮށްލައި، ވަޒީފާއިން ވަކިކުރި އެސްޕީޖީގެ ކުރީގެ ދެ އޮފިސަރުން އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައިވަނީ ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ ކުރީގެ ބޮޑީގާޑު އަހްމަދު ޝާނީޒާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑީގާޑް ސިމާދު އަހުމަދެވެ.
ޝާނީޒާ ސިމާދު މިފަހަރުވެސް ހައްޔަރުކުރީ ކުއްލި ނުރައްކަލުގެ ދަށުންނެވެ. އެދެމީހުން ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. ބޮޑުތަކުރުފާނު މަގު ގާޑިއަލެއް ކައިރީ ތިއްބާ އެ ދެމީހުން ހައްޔަރު ކުރީ އެސްއޯ ފުލުހުންނެވެ. ހައްޔަރު ކޮށްގެން އެދެމީހުން ދޫނިދުއަށް ގެންގޮސްފައިވާކަމަށް މައުލޫމާތު ލިބެއެވެ.
ޝާނީޒާއި ސިމާދު ސިފައިންގެ ވަޒީފާއިން ވަކިކޮށްފައިވާއިރު ސަރުކާރު ވައްޓާލަން އުޅޭކަމުގެ ތުހުމަތުގައި ބައެއް ސިފައިންނާއި ފުލުހުންގެ ފޯނު ދަނީ ހިފަހައްޓަމުންނެވެ. މި ކަމާ ގުޅިގެން ސިފައިންނާއި ފުލުހުންގެ ބަހެއް ނުލިބެއެވެ.