15 Mar 2018, 09:04
މ. އަތޮޅު ބުރުގެ ގްރޫޕް ސްޓޭޖު ފަހު މެޗުގައި މުލަކާއި ވޭވަށް ވާދަކުރި މެޗު އެއްވަރުވެ، ޖެހި ގޯލުގެ ތަފާތުން ވޭވަށް ފައިނަލަށް ދަތުރުކޮށްފިއެވެ.
ވޭވަށާއި މުލަކަށް ވެސް ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހަތަރު ޕޮއިންޓް ހޯދާފައިވާ އިރު، އެ ދެ ޓީމުގެ ފައިދާ ގޯލްވެސް އެއްވަރެވެ. އެހެންކަމުން ފައިނަލަށް ދާ ޓީމު ޔަގީންވީ ޖެހި ގޯލުގެ ތަފާތުންނެވެ.
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގެ މ. އަތޮޅު ބުރުގައި ވާދަކުރަނީ ހަތަރު ޓީމެވެ. އެއީ މުލި، ވޭވަށް އަދި މުލަކާއި މަޑުއްވަރިއެވެ. މިހާތަނަށް ކުޅުނު ހުރިހާ މެޗަކުންވެސް މަޑުއްވަރި ވަނީ ބަލިވެފައެވެ. އަދި ކުޅުނު ތިން މެޗުންވެސް މޮޅުވެ މުލިން ވަނީ އެއްވަނަ ޓީމުގެ ގޮތުގައި ފައިނަލް ޔަގީންކޮށްފައެވެ.
މިއަދު ވޭވަށާއި މުލަކު ވާދަކުރި މެޗުގެ ހަތްވަނަ މިނެޓުގައި މުލަކުން ވަނީ ލީޑު ނަގައިފައެވެ. އެ ގޯލު އެޓީމުން ކާމިޔާބުކުރީ ވޭވަށުގެ ހުސައިން ނިޒާމް އަތުން ބައިކޮޅަށް ވަން ގޯލަކާ އެކީގައެވެ. ދެވަނަ ހާފް ފެށިގެން ކުޑައިރުކޮޅެއްގެ ތެރޭގައި މުލަކުން ވަނީ ދެވަނަ ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. އެ ގޯލް ކާމިޔާބުކޮށްދިނީ ހުސައިން އާތިފެވެ.
ވޭވަށުން މެޗުގެ ނަތީޖާ ބަދަލުކޮށްލީ އަށް މިނެޓުގެ ތެރޭގައެވެ. 70 ވަނަ މިނެޓުގައި ނާފިޒް އަބްދުއްޝުކުރޫގެ ގޯލުން ނަތީޖާގެ ފަރަގު ކުޑަކޮށް، 78 ވަނަ މުނެޓުގައި އޭނާގެ ދެވަނަ ގޯލާއެކު ވޭވަށުން ފައިނަލްގެ ޖާގަ ޔަގީންކުރިއެވެ.
މ. އަތޮޅު ބުރުގެ އެއްވަނަ ޓީމުގެ ގޮތުގައި ފައިނަލަށް ގޮސްފައިވަނީ ކުޅުނު ތިން މެޗުންވެސް މޮޅުވި މުއްޔެވެ.