އިދިކޮޅު ފަރާތްތަަކުން މިރޭ ކުރަމުންދާ މުޒާހަރާގެ ތެރެއިނ،ް ފުލުހެއްގެ ގަޔަށް ކަޅުތެޔޮ ޖަހައިފިކަމަށްް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އިން މިރޭ ކުރި ޓުވީޓެއްގައި ބުނީ އިދިކޮޅު ފަރާތްތަކުންް މިރޭ ކުރަމުންދާ މުޒާހަރާގެ ތެރެއިން ފުލުހުންގެ ގަޔަށް ކަޅުތެޔޮ ޖެހި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިރޭ މުޒާހަރާ ކުރަމުންދާ ސަރަހައްދުން 105 މިރުސް ފެން ޕެކެޓްް ފެނިފައިވާ ކަމަށްވެސް ފުލުހުން ކުރި ޓުވީޓެއްގައި ބުންޏެވެ.

މިރޭގެ މުޒާހަރާގެ ތެރެއިން، މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ އާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނާއި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމުގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ނޫން ކަމަށް ކަނޑައަޅާފައިވާ ރ. މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމިތު ވެސް މިރޭ ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި، މުހައްމަދު އަސްލަމް ވެސް މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.

އެ ފަސް ބޭފުޅުންގެ ހައްޔަރާ ބެހޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނެ އެވެ.

މިރޭ ކުރިއަށްދާ މުޒާހަރާ ފުލުހުން ވަނީ ރޫޅާލަން ފަށައިފަ އެވެ.