Last Updated:
8 year 8 month ago

އޭއެފްސީ ކަޕް (ފުލްޓައިމް): ނިއު 3-1 އައިޒޯލް

    ބުލޮގު ޚުލާސާ

    އޭއެފްސީ ކަޕްގެ 'ގްރޫޕް އީ'ގައި ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އިންޑިއާގެ އައިޒޯލް އެފްސީ ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް ސަންގެ ކިޔުންތެރީންނަށް މަރުހަބާ!

    ރާއްޖޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅޭ އެ މެޗަށް ދެ ޓީމު ނުކުންނައިރު:

    • ބަނގުލަދޭޝްގައި ނިއު ކުޅުނު ފުރަތަމަ މެޗުގައި ދާކާ އަބަހާނީ އަތުން 1-0ގެ ނަތީޖާއަކުން ވަނީ މޮޅުވެފައި. އެ މެޗުގައި ނިއުގެ ލަނޑު ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ).

    • މިއަދުގެ މެޗަކީ އައިޒޯލް އެފްސީގެ ފުރަތަމަ މެޗު. އައިޒޯލްގެ ފުރަތަމަ މެޗެއްގެ ގޮތުގައި އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް ނުކުންނަ ގޮތަށް ކުރިން ތާވަލުކޮށްފައި އޮތް ނަމަވެސް، އޭއެފްސީން ވަނީ އެ މެޗު ފަސްކޮށްފައި. އެ މެޗު ފަސްކޮށްފައިވަނީ ސުޕަ ލީގުގެ ސެމީ ފައިނަލަށް ބެންގަލޫރު ދަތުރުކުރުމާ ގުޅިގެން.
    17:51

    ދެވަނަ ހާފުގެ ކުޅުން ނިންމާލައިފި. މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1ގެ ނަތީޖާއަކުން ނިއު ކުރީގައި އޮވެގެން.

    17:48

    ނިއުއިން ބަދަލެއް. ދަގަނޑޭގެ ބަދަލުގައި ކުޅެން ނުކުތީ އަލީ ޝާމިއު.

    17:45
    އޭއެފްސީ ކަޕްގައި ނިއުއާއި އައިޒޯލް ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
    އޭއެފްސީ ކަޕްގައި ނިއުއާއި އައިޒޯލް ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
    17:43

    އުމައިރު ދިން ބޯޅަ، އައިޒޯލުގެ ޕެނަލްޓީ އޭރިއާ ތެރެއިން ދަގަނޑޭ ވަނީ ވަރަށް ރީތިކޮށް ގޯލުގެ ތެރެއަށް ފޮނުވާލާފައި.

    17:42

    '85- ދަގަނޑޭ ތިންވަނަ ލަނޑެއްޖަހައި، އޭނާގެ ހެޓްރިކް ފުރިހަމަކޮށްފި.

    17:37

    ދަގަނޑޭ އެ ލަނޑު ކާމިޔާބުކުރީ ސެންޓޭ ނަގައިދިން ހުރަހަކުން، އައިޒޯލްގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ބޮލުން ފޮނުވާލި ހަމަލާއަކުން. ދަގަނޑޭ ފޮނުވާލި ބޯޅަ، ގޯލުގެ ތެރެއަށް ވަދެފައިވަނީ ގޯލުގެ ހުރަސްދަނޑީގައި ޖެހިފައި.

    17:34

    '76- ނިއުއިން ލީޑު ހޯދައިފި.ނިއުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ދަގަނޑޭ.

    17:31

    '74- ދަގަނޑޭ ދިން ބޯޅައެއް ހިފައިގެން ދަނިކޮށް، ފަހަތުން ގުއިލެމްއަށް ކުރި ފައުލަކާ ގުޅިގެން އައިޒޯލްގެ ލާލްމުންމާވިއާއަށް ރަތް ކާޑެއް ދައްކައި، ނިއުއަށް ހިލޭ ޖެހުމެއް ދީފި.ދަގަނޑޭ ފޮނުވާލި ހިލޭ ޖެހުން އައިޒޯލްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

    17:27

    '70- ނިއުގެ ޕެނަލްޓީ އޭރިއާ ތެރެއިން ކީޕަރު އިމްރާނަށް ލާލްމުންމާވިއާ ކުރި ފައުލަކާ ގުޅިގެން އޭނާއަށް ރީނދޫ ކާޑެއް ދައްކައިފި.

    17:24

    '66- އައިޒޯލުން ބަދަލެއް. އަލްބާޓްގެ ބަދަލުގައި ކުޅެން ނުކުތީ ލާލްތަތަންގާ ޚޯލްރިންގް.

    17:19

    '61- ނިއުއިން ބަދަލެއް. ބޮބީގެ ބަދަލުގައި ކުޅެން ނުކުތީ ބިދޭސީ ފޯވަޑް ގުއިލެމް މާޓް.

    17:18

    '60- ނިއުއަށް ފުރުސަތެއް.އައިޒޯލްގެ ޕެނަލްޓީ އޭރިއާ ތެރެއިން ދަގަނޑޭ ފޮނުވާލި ހަމަލާ، އައިޒޯލްގެ ކީޕަރު ވަނީ މަތަކޮށްފައި.

    17:13

    ނިއުގެ މުޅި ޓީމު ކުރިއަށް ޖެހި އެޓޭކިން ގޭމެއް ކުޅެމުންދާ އިރު، އައިޒޯލުން ކުޅެނީ ވަރަށް ޑިފެންސިވް ގޭމެއް.

    17:11

    '53- އައިޒޯލުން ބަދަލެއް. ލާލްކޯޕުއިމާވިއާގެ ބަދަލުގައި ކުޅެން ނުކުތީ ޑޭވިޑް ލާލްރިންމުއާނާ.

    17:09

    '51- އޭރިއާ ތެރެއަށް ދަގަނޑޭ ނެގި ހުރަސް، ނުރައްކާވުމުގެ ކުރިން އައިޒޯލްގެ ޑިފެންޑަރުން ކޯނަރަކަށް ބޯޅަ ބޭރުކޮށްލައިފި.

    17:05
    އޭއެފްސީ ކަޕްގައި އައިޒޯލް ކޮޅަށް ލަނޑުޖެހުމަށް ފަހު ނިއުގެ ކެޕްޓަން ދަގަނޑޭ އުފާފާޅުކުރަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ
    އޭއެފްސީ ކަޕްގައި ނިއުއާއި އައިޒޯލް ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
    17:03

    ދެވަނަ ހާފަށް ނުކުތް އިރު، ދެ ޓީމަށްވެސް ބަދަލެއް ގެނެސްފައެއް ނުވޭ.

    17:03

    ދެވަނަ ހާފުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ އައިޒޯލް.

    16:49

    މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިއްޖެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން.

    16:47

    ނިއުގެ ހާފުގެ ތެރެއިން އައިޒޯލްގެ އަލްބާޓް ކުރި ފައުލަކާ ގުޅިގެން އޭނާއަށް ރީނދޫ ކާޑެއް ދައްކައިފި.

    16:46

    ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ތިން މިނެޓުގެ ކުޅުން ދައްކައިފި.

    އޭއެފްސީ ކަޕްގައި ނިއުއާއި އައިޒޯލް ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

    16:41

    އެ ލަނޑު ދަގަނޑޭ ކާމިޔާބުކުރީ ލިލީ ދިން ބޯޅައަކުން. ޕެނަލްޓީ އޭރިއާ ތެރެއިން ދަގަނޑޭއަށް ބޯޅަ ލިބުމާއެކު އޭނާ ވަނީ ލަސްކުރުމެއް ނެތި އައިޒޯލްގެ ގޯލުގެ ތެރެއަށް ފޮނުވާލާފައި.

    16:40

    '40- ނިއުއިން ލަނޑެއް ޖަހައި، ނަތީޖާ ހަމަހަމަކޮށްފި.އެ ލަނޑު ނިއުއަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ދަގަނޑޭ.

    16:34

    ކައުންޓާ އެޓޭކަކުން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު އަންދުރޭ ފޮނުވާލި ހަމަލާ، ކީޕަރު އިމްރާން ދިފާއުކުރި އިރު، އަލްބާޓް ފޮނުވާލި ހަމަލާ ވަނީ ބްލޮކްވެފައި. އަލްބާޓް ފޮނުވާލި ބްލޮކްވުމަށްފަހު، ލިބުނީ ނިއުގެ ގޯލުގެ ކުރިމަތީގައި ހުރި ލާލްމުންމާވިއާ.

    16:33

    '33- އައިޒޯލުން ލަނޑެއްޖަހައި ލީޑު ހޯދައިފި.އައިޒޯލްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ލާލްމުންމާވިއާ.

    16:31

    '30- ނިއުއަށް ހުސް ފުރުސަތެއް.ބޮބީ ނަގައިދިން ހުރަހަކުން އައިޒޯލްގެ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ، އުމައިރު ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.

    16:25

    '27- އައިޒޯލްގެ ޕެނަލްޓީ އޭރިއާ ބޭރުން ނިއުއަށް ހިލޭ ޖެހުމެއް.ހިލޭ ޖެހުން ގޯލުގެ ތިރީ ކަނަށް ސެންޓޭ އަމާޒުކޮށްލި ނަމަވެސް، އައިޒޯލްގެ ކީޕަރު ލާލޯމްޕުއިއާ ވަނީ ދިފާއުކޮށްފައި.

    16:23

    '26- ނިއުގެ އޭރިއާ ބޭރުން އައިޒޯލްގެ މިޑްފީލްޑަރު އަލްބާޓް ފޮނުވާލި ހަމަލާ، ގޯލުގެ އަރިމަތިން ބޭރަށް.

    16:22

    މެޗުގެ މިހާތަނަށް ނިއުގެ ކެޕްޓަން ދަގަނޑޭގެ މަސައްކަތް ފާހަގަކޮށްލެވޭ.

    16:21

    މެޗުގެ ފުރަތަމަ 25 މިނެޓުގެ ތެރޭގައި ގިނަ ޕާސްތަކެއް ކޮށްގެން ނިއުއިން ކުޅެފައިވާ އިރު، އައިޒޯލްގެ ފަރާތުން ގިނަ ފައުލްތަކެއް ވަނީ ފެނިގެންގޮސްފައި.

    16:13

    '12- އައިޒޯލްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، ދަގަނޑޭ ފޮނުވާލި ހަމަލާއެއް ޑިފެންޑަރެއް ގައިގައި ޖެހި ކޯނަރަކަށް ބޭރުވެއްޖެ.

    16:11

    ނިއުގެ ސެންޓޭ ފޮނުވާލި ހަމަލާއެއްވެސް އައިޒޯލްގެ ޕެނަލްޓީ އޭރިއާ ތެރެއިން ބްލޮކްވެއްޖެ.

    16:09

    '9- ޕެނަލްޓީ އޭރިއާ ބޭރުން އުމައިރު ފޮނުވާލި ހަމަލާ، އައިޒޯލްގެ ޑިފެންޑަރެއް ގައިގައި ޖެހި ބްލޮކްވެއްޖެ.

    16:03

    އައިޒޯލްގެ ފުރަތަމަ 11:

    • ލާލޯމްޕުއިއާ - ގޯލްކީޕަރު

    • މާސިހް ސައިގާނީ
    • ލާލްކޯޕުއިމާވިއާ
    • ޒިކާހީ ލިއޮންސް ޑޯޑޯޒް
    • އަލްބާޓް ޒޮހްމިންގްމާވިއާ
    • ލާލްޗުއާނޯމާ ވާޓޭ
    • އަލްފްރެޑް ކަމާހް ޖާރިޔަން - ކެޕްޓަން
    • އަންދްރޭ އިއޮނެސްކޫ
    • ލާލްމުންމާވިއާ
    • ލާލްޑިންލިއާނާ ރެންތުލޭ
    • ހެމިންގްތަންމާވިއާ
    16:02

    "2 - އައިޒޯލްގެ ހަމަލާއެއް. ނިއުގެ ޕެނަލްޓީ އޭރިޔާ ބޭރުން އަލްބާޓު ފޮނުވާލި ބޯޅަ ކީޕަރު އިމްރާން މަތަކުރީ.

    16:00

    މެޗު ފަށައިފި. ކިކް އޮފް ކުރީ ނިއުއިން.

    15:58

    ނިއުގެ ފުރަތަމަ 11:

    • އިމްރާން މުހައްމަދު - ގޯލްކީޕަރު

    • ޖޯޖް ގޮޓޯރް ބްލަސް
    • އަހްމަދު އަބްދުﷲ (ލިލީ)
    • ހަމްޒާ މުހައްމަދު (ހަމްޕު)
    • އަންޖެލް ލުއިސް ރުއިޒް ޕަޒް (ކަންޑޭލާ)
    • އަލީ އަޝްފާގު (ދަގަނޑޭ) - ކެޕްޓަން
    • އަލީ ފާސިރު (ސެންޓޭ)
    • އަކުރަމް އަބްދުލްގަނީ (އަކޫ)
    • ރިހާމް އަބްދުލްގަނީ (ބޮބީ)
    • ހިސާން ސަލީމް
    • މުހައްމަދު އުމައިރު