މަތިދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީގެ މަގާމަށް، ތިނަދޫ އަބުހަރީގޭ މުޙަންމަދު ޔޫޝަޢު، ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަން ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިރޭ ވިދާޅުވީ އޭނާގެ މުސާރަ އުޅޭނީ ސްޓޭޓް މިނިސްޓަރުގެ ނައިބުންނާ އެއްވަރެއްގައި ކަމަށާއި މުސާރަ، އެލަވަންސާ އެކު 30000ރ. ވަރު ޖެހޭނެ ކަމަށެވެ.