14 Mar 2018, 13:04
އެލީސިއާ ވިކަންޑާ، ޑޮމިނިކް ވެސްޓް އަދި ވޯލްޓަން ގޮޖިންސް ފަދަ ތަރިން ހަރަކާތްތެރިވާ ފިލްމު "ޓޮމްބް ރައިޑާ" މި ހަފްތާގެ ހުކުރު ދުވަހު ޝްވެކް ސިނަމާ އަށް އަންނާނެ އެވެ.
މި ފިލްމަކީ ބައްޕަ ގެއްލިގެން ބައްޕަ ހޯދުމަށް ނިކުންނަ (ލާރާ ކްރޮފްޓް) ހޮތްވަރުގަދަ އަންހެއް ކުއްޖަކަށް ދިމާވާ ކަންތައްތަކެއް ދައްކައިދޭ ފިލްމެކެވެ. ބައްޕަގެ މަރުގެެ ހަގީގަތް ހޯދުމަށް އޭނާ ކުރާ މަސައްކަތްތަކާ އެކު ޖަޕާނުގެ މިތިކަލް އައިލެންޑަށް ގޮސް ދެން ދިމާވާ ކަންތައްތަކާ ޓޮމްބް ރައިޑާގެ ނަން ލިބޭ ގޮތް ފިލްމުން ފެންނާނެ އެވެ.
މި ފިލްމަކީ ރޯ އުތަންގް ޑައިރެކްޓްކޮށްފައިވާ އެކްޝަން އެެޑްވެންޗާ ފިލްމެކެވެ.
ޓޮމްބް ރައިޑާ އަކީ 2013 ވަނަ އަހަރު ހަމަ މި ނަމުގައި ނިކުތް ވީޑިއޯ ގޭމް އަސްލަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ ފިލްމެކެވެ.
ޓޮމްބް ރައިޑާގެ ނަމުގައި މީގެ ކުރިން ވެސް ދެ ފިލްމެއް ވަނީ ނިކުމެފަ އެވެ. އެއީ ލާރާ ކްރޮފްޓް: ޓޮމްބް ރައިޑާ އާއި ލާރާ ކްރޮފްޓް: ޓޮމްބް ރައިޑާ ދާ ކްރޭޑްލް އޮފް ލައިފް އެވެ. މި ދެ ފިލްމުގައި ލާރާ ކްރިފްޓްގެ ރޯލުން ފެނިގެން ދިޔައީ އެންޖެލީނާ ޖޯލީ އެވެ.