14 Mar 2018, 12:14
ބޫޓާންގެ ޖަމިއްޔާއެއްކަމަށްވާ ހޮޓެލް އެންޑް ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް ބޫޓާން (އެޗްއާރުއޭބީ) އިން ސަޓާ އެންޑޯޒް ކޮށްފިއެވެ.
އެޗްއާރްއޭބީ އަކީ ބޫޓާންގެ ހޮޓެލް ތަކާއި ރެސްޓޯރަންޓްތައް ތަމްސީލް ކޮށްދޭ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ މެންބަރުންގެ ގޮތުގައި އެންމެ ކުދި ރެސްޓޯރަންޓުން ފެށިގެން ބޮޓެތި ހޮޓާތައްވެސް ހިމެނެއެވެ.
އެޗްއާރްއޭބީގެ އަމާޒަކީ ޖަމިއްޔާގެ ހުރިހާ މެންބަރުން ގުޅިގެން އެ ދާއިރާގައި މަސައްކަތް ކުރާ ހޮޓެލްތަކާއި ރެސްޓޯރަންޓްތަކުގެ ފެންވަރު ރަނގަޅުކޮށް އެހެން ގައުމުތަކުގެ މެދުގައި އެތަންތަން މާކެޓްކޮށް ޕްރޮމޯޓް ކުރުމެވެ.
ސަޓާ އެވޯޑު އެންޑޯޒް ކޮށްފައިވާ ފަރާތްތައް:
- އެސޯސިއޭޝަން އޮފް ޓްރެވަލް އެންޑް ޓުއާ އޮޕަރޭޓާސް އިންޑިއާ
- ފެޑެރޭޝަން އޮފް ޗޭމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ، ސްރީލަންކާ
- ކޮލޮމްބޯ ޗޭމްބާ އޮފް ކޮމާސް
- ކޮންފެޑެރޭޝަން އޮފް އެސޯޝިއޭޓެޑް ޓުއާ އޮޕަރޭޓާސް (އިންޑިއާ)
- ލިވްއަބޯޑު އެސޯސިއޭޝަން އޮފް މޯލްޑިވްސް
- އެސޯސިއޭޝަން އޮފް ޕްރޮފެޝަނަލްސް އިން ޓޫރިޒަމް، އިންޑިއާ
- މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)
- ނޭޕާލް ޓޫރިޒަމް ބޯޑު
- އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް، މޯލްޑިވްސް
- ކެރެލާ ހޮޓެލް ޖެނެރަލް މެނޭޖާ ކްލަބް
- އިންޑިއާ އެސޯސިއޭޝަން އޮފް ޓުއާ އޮޕަރޭޓާސް
- ހޮޓެލް އެންޑް ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް ބޫޓާން (އެޗްއާރުއޭބީ)
މިއަހަރަކީ ސަޓާ އެވޯޑްސް ބާއްވާ ތިން ވަނަ އަހަރެވެ. މި އަހަރުގެ އެވޯޑްސް ބޭއްވުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ ވިޔަފާރި ނާރެސް، މުމްބާއީގައެވެ. އެހެން ނަމަވެސް އެވޯޑްސް ބާއްވާ ތަނެއް ނިންމާފައެއް ނުވެއެވެ. ހައިރައިޒުން ނިންމާފައިވަނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ސަޓާ އެވޯޑްސް ހަފްލާ ބޭއްވުމަށެވެ.