14 Mar 2018, 10:28
ލަވަކިޔުންތެރިޔާ ޒޭން މާލިކް އާއި މޮޑެލް ޖީޖީ ހަދީދު ރުޅިވެއްޖެ އެވެ.
ދެ އަހަރު ވަންދެން ރައްޓެހިވެގެން އުޅުމަށް ފަހު މި ދެތަރިން ވަކިވެފައި ވަނީ އަންގާރަ ދުވަހުއެވެ. އެ ދެމީހުން ވަކިވިކަން ޒޭން ވަނީ އޭނާގެ ޓްވިޓާގައި ހިއްސާކޮށްފައެވެ. ޖީޖީވެސް ވަނީ އޭނާގެ ފޮލޯވަރުންނަށް އެކަން ހިއްސާކޮށްފައެވެ.
އެ ދެމީހުން ވެސް ބުނެފައި ވަނީ ދެމީހުން ވެސް އެކުގައި ހޭދަކުރީ އުފާވެރި ދުވަސްތަކެއް ކަމަށެވެ. ނަމަވެސް ދެމީހުން ވަކިވީ ކީއްވެކަމެއް ބުނެފައެއް ނުވެއެވެ.
ޖީޖީ ވަނީ ޒޭންއާ ރައްޓެހިވުމުގެ ކުރިން ލަވަކިޔުންތެރިޔާ ޖޯ ޖޯނަސްއާ ރައްޓެހިވެގެން އުޅުމަށް ފަހު ރުޅިވެފައެވެ. ޒޭން ވެސް ވަނީ ލަވަކިޔުންތެރިޔާ ޕެރީ އެޑްވާޑްސްއާ ރައްޓެހިވެގެން އުޅުމަށް ފަހު 2015ގައި ރުޅިވެފައެވެ.
ޖީޖީ އާ ރުޅިވުމަށް ފަހު ޒޭން ވަނީ އިންސްޓަގްރާމްގައި ޖީޖީ އަންފޮލޯކޮށްފައެވެ.
— zayn (@zaynmalik)March 13, 2018
— Gigi Hadid (@GiGiHadid)March 13, 2018