ސްޓާ ޕްލަސް އިން ގެނެސްދޭ ޑްރާމާ ސިލްސިލާ "މޭރީ ދުރްގާ" ދެއްކުން ހުއްޓާލަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޑްރާމާގެ ޕްރޮޑިއުސަރު ޕްރަދީޕް ކުމާރު ބުނީ މޭރީ ދުރްގާ ނިންމުމަކަށް ގެންނަން އުޅޭ ކަމަށެވެ.

"އެ ޑްރާމާ ވަރަށް އަވަހަށް ނިންމަން މި އުޅެނީ. ހަމަ ކުއްލި ގޮތަކަށް. ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް. އެ ޑްރާމާ އަކީ އަހަރެމެން އެންމެންނަށް ވެސް ވަރަށް ހާއްސަ ސިލްސިލާ އެއް. ދެރަވޭ އަސްލު ޑްރާމާ ނިންމާލަން ޖެހޭތީވެސް،" އޭނާ ބުންޏެވެ.

މި މަހުގެ 17 ވަނަ ދުވަހު އެ ސިލްސިލާ ނިމުމަކަށް ގެންނައިރު ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މޭރީ ދުރްގާ ދެއްކުން ހުއްޓާލަނީ މި މަހު 20 ވަނަ ދުވަހު ސްޓާ ޕްލަސް އިން ގެންނަން ހަމަޖެހިފައިވާ ސިލްސިލާ 'ކުލްފީ ކުމާރް ބަޖެވާލާ' ދެއްކުމަށް ކަމަށެވެ.

"މޭރީ ދުރްގާ" ސްޓާ ޕްލަސް އިންް ދައްކަން ފަށާފައިވަނީ ނިމިގެން ދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 26 ވަނަ ދުވަހުއެވެ.

މައުލޫމާތު: ޓައިމްސްއޮފް އިންޑިއާ