14 Mar 2018, 09:31
މަސައްކަތުގައި އިންނަ އިރު، މަސައްކަތް ހުއްޓަލާފައި ކާން ދިއުމުގެ ބަދަލުގައި، އިންތާ އިނދެގެން ކާއެއްޗެއް ކާލަނީ ވަގުތު ސަލާމަތް ކުރުމަށެވެ. ނަމަވެސް ކޮމްޕިއުޓަރު ކައިރީ އިނދެގެން ކާއިރު ދިމާވާ އެންމެ ބޮޑު އެއް މަައްސަލައަކީ ކާ އެއްޗެހީގެ ކުނޑި ކީބޯޑުގެ ފިތްތައް ދޭތެރެއަށް އެޅުމެވެ. އެ ތަން ސާފުކުރުމަށް ގިނަ ވަގުތުތައް ހޭދަކޮށް ބުރަ މަސައްކަތް ކުރަންޖެހުމެވެ.
ހަބަރުތައް ބުނާގޮތުން އެޕަލްއިން އަންނަނީ މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. ކްރަމްބް ޕްރޫފް ނުވަތަ ފިތްތައް ދޭތެރެއަށް ކާއެއްޗެހީގެ ކުނޑި ނުވަންނާނޭފަދަ ކީބޯޑެއް އުފެއްދުމަށް އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ގިނަ ބަޔަކު މިހާރު ގޮވާލަމުންދަނީ ކޮފީ ނޫނީ ފެން އެޅުނަސް ގެއްލުމެއް ނުލިބޭނެފަދަ "ސްޕިލް ޕްރޫފް" ކީބޯޑެއް އުފެއްދުމަށެވެ. މިހާރުވެސް ވޯޓާޕްރޫފް ކީބޯޑު ބާޒާރުގައި ހުރިކަން ފާހަގަކޮށްލެވެއެވެ.
އެޕަލް އިން ކްރަމްބް ޕްރޫފް ކީބޯޑެއް ނެރޭނެކަމަށް އެޕަލްގެ ފޭނުން ވަރަށް ބޮޑަށް އުއްމީދު ކުރެއެވެ.
ސްކައިނިއުސް