14 Mar 2018, 09:17
މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަނޫޖާ ޗޯހާންގެ ލޯބީގެ ވާހަކަ "ޒޯޔާ ފެކްޓާ"ގެ މައްޗަށް އުފައްދާ ބޮލީވުޑް ފިލްމު "ޒޯޔާ ފެކްޓާ"ގައި ފިރިހެން ލީޑް ރޯލުން ފެނިގެންދާނީ މަލަޔާޅަމް ފިލްމު ތަކުން ފެނިގެންދާ ދަލްގޫރް ސަލްމާން އެވެ.
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސޯނަމް ކަޕޫރު އަންހެން ލީޑް ކުޅެން ހަމަޖެހިފައިވާއިރު އެ ފިލްމުގެ ފިރިހެން ލީޑުން ފެނިގެންދާ ދަލްގޫރް އަކީ މަލަޔާޅަމް ފިލްމުތަކުން ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ ޒުވާނެކެވެ.
އަބީޝޭކް ޝަރްމާ ޑައިރެކްޓްކޮށް އުފައްދާ އެ ފިލްމާ ގުޅޭ ގޮތުން ދަލްގޫރް ބުނީ ފިލްމުގެ ސްކްރިޕްޓާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. މުޅި ޓީމަކީ ވެސް އަބަދުވެސް މަސައްކަތް ކޮށްލަން ބޭނުންވާ ފަދަ ޓީމެއްކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
ފިލްމުގައި ސޯނަމް އަދާކުރާ ރޯލަކީ ޒޯޔާގެ ރޯލެވެ. ޒޯޔާ ނަމަކަށް ކިޔާ ކުއްޖާ އަކީ އިންޑިއާގެ ކްރިކެޓް ޓީމަށް "ލަކީ ޗާމް"އެކެވެ. އެ ޓިީމަށް ލިބޭނެ އެންމެ ބޮޑު އެއް ކުރިއެރުން ވެސް މެ އެވެ.
"މިއީ ކްރިކެޓްގެ ތެރެއިން އުފަންވާ ލޯބީގެ ރީތި ވާހަކައެއް. ތަފާތު ވާނެ. ތަރިންނާ މެދުވެސް ވަރަށް ހިތްހަމަ ޖެހޭ،" ތޭރޭ ބިން ލާދިން ވެސް ޑައިރެކްޓް ކުރި އަބީޝޭކް ބުންޏެވެ.
ފިލްމު ރިލީޒްކުރާ ދުވަހަކީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ ފަސް ވަނަ ދުވަހުއެވެ.
މައުލޫމަތު: ހިންދުސްތާންޓައިމްސް