14 Mar 2018, 09:06
ކްރިއާޖް އެންޓަޓައިމަންޓުން ގެނެސްދިން ފިލްމު "ވޯ ކޯންތީ؟"ގެ ރީމޭކް އެެއް ހަދަން ނިންމައިފިއެވެ.
ނަވާރަސަތޭކަ ފަސްދޮޅަސް ހަތަރު ވަނަ އަހަރު ގެނެސްދިން އެ ފިލްމު ވެގެން ގޮސްފައިވަނީ މުޅި ބޮލީވުޑަށް ވެސް ބޮޑު އިންގިލާބެއް ގެނެސްދިން ފިލްމަކަށެވެ.
ސައިކޮލޮޖިކަލް ތްރިލާގެ އެންމެ މޮޅު ފިލްމަކަށް ވޯ ކޯންތީ އޭރު ވެފައިވާއިރު ކްރިއާޖް އެންޓަޓެއިންމަންޓުން ބުނީ، ފިލްމުގެ ރީމޭކް އިން ވެސް ބެލުންތެރިންގެ ހިތް އަތުލައިގަންނާނެ ކަމަށެވެ.
ސިއްރުން ފުރިގެންވާ އެތައް ކަމެއް ފެނިގެންދިޔަ އެ ފިލްމުގެ ރީމޭކިން ހަދާނެ ކަން އިއުލާން ކުރި ނަމަވެސް އެ ފިލްމުގައި ހަރަކާތްތެރިވާނެ ބައިވެރިންނެއް އަދި ނުނިންމައެވެ.
ފިލްމުގެ ރީމޭކް ހަދާއިރުވެސް އެ ފިލްމުގައި "ލަގް ޖާ ގަލޭ" އާއި "ނައިނާ ބަރްސޭ ރިމްޖިން" އެ ދެ ލަވަ ހިމެނޭނެ ކަމަށް އެ ޓީމުން ބުނެއެވެ.
މައުލޫމާތު: ނިއުސް 18