މިދުވަސްވަރު ރާއްޖޭގެ ބައެއް ހިސާބުތަކަށް ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން އަރިދަފުސްރޯގާ އާއި ގައިންގަޔަށް އަރާ ބަލިތައް ފެތުރުން އިތުރުވެދާނެތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން އިލްތިމާސްކޮށްފި އެވެ.

އެ އެޖެންސީ އިން މިއަދު ނެރުނުު ނޫސްބަޔާނެއްގައި ބުނީ ރޯގާ އާއި ބަލިތަކުން ސަލާމަތްވުމަށް އާންމު ސާފުތާހިރުކަމަށް އިސްކަންދޭންވާނެ ކަމަށެވެ.

ރޯގާއިން ސަލާމަތްވުމަށް ސަމާލުކަންދޭންވީ ކަންތައް:

  • ކެއްސާ ކިނބިހި އަޅާ އިރު އަނގަމތި ނިވާކުރުން

  • ރޯގާޖެހި ހުން އަންނަ ނަމަ މީހުން އެއްވާ ތަންތަނަށް ނުދިއުން
  • އާންމު ސާފުތާހިރު ކަމަށް ސަމާލުކަން ދިނުން، ހާއްސަކޮށް ކެއުމުގެ ކުރިން، ފާޚާނާކޮށް ނިމިގެން ރަނގަޅަށް އަތް ދޮވުން
  • މަދިރި އާލާވާގޮތަށް ފުޅި، ދަޅު ނުބެހެއްޓުން އަދި އެފަދަ ތަންތަން ނައްތާލުން
  • ލޮލު ރޯގާ، ފާނަ ބަސަންދު ފަދަ ބައްޔެއް ޖެހުމުުން އާންމު ސާފުތާހިރު ކަމަށް ހާއްސަ ސަމާލުކަމެއްދީ، އާންމުން އެއްވާ ތަންތަނަށް ނުދިއުން

އެޗްޕީއޭ އިން ބުނީ ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާމިންވަރު މި ދުވަސްވަރު އާދަޔާޚިލާފަށް އިތުރުވެފައިވާކަން ފާހަގަ ނުވާ ކަމަށެވެ. ނަމަވެސް މޫސުމީ ރޯގާ ފެރުތިދާނެ ކަމަށް ސާފުތާހިރު ކަމަށް ސަމާލުކަންދިނުން މުހިއްމުކަމަށް އެޗްޕީއޭ އިން ބުނެ އެވެ.