13 Mar 2018, 09:04
އާ ޖަޖިން ޕެނަލް އަކާއެކު އެމެރިކަން އައިޑަލްގެ އާ ސީޒަނެއް ފަށައިފިއެވެ.
މިފަހަރުގެ ސީޒަންގައި ޖަޖުންގެ ގޮތުގައި ފެންނަނީ ކޭޓީ ޕެރީ އާއި ލޫކް ބްރާޔަން އަދި ލިއޮނަލް ރިޗީ އެވެ. ޖަޖުންގެ ޕެނަލަށް ގެނައި ބަދަލު ބެލުންތެރިންނަށް ކަމުގޮސްގެން އެވާހަކަ ސޯޝަލް މީޑިއާ ގައިވެސް އަންނަނީ ދައްކަމުންނެވެ. ނަމަވެސް އަނެއްބަޔަކު ބުނަނީ މިފަހަރުގެ ޖަޖުން މާ "ލޮނު މަޑު" ކަމަށެވެ.
އެންމެ ފަހުން އެމެރިކަން އައިޑަލްގެ ސީޒަނެއް ފެނިގެން ދިޔައީ 2016 ވަނަ އަހަރުު އެވެ. ފޮކްސް އިން ގެނެސްދިން ޝޯތައް 15 އަހަރަށްފަހު ހުއްޓާލުމުން ދެން އެމެރިކަން އައިޑަލްގެ އާ ސީޒަނެއް ނުފެންނާނެ ކަމަށް ގިނަ ބަޔަކު ހީކޮށްގެން ތިއްބާ މިފަހަރު އައިޑަލްގެ ފްރެންޗައިޒް ލައިސެންސް ހޯދާ އެ ޝޯ ދައްކަން ފަށާފައިވަނީ އޭބީސީ ނެޓްވޯކުންނެވެ.
އެމެރިކަން އައިޑަލްގެ 16 ވަނަ ސީޒަންގެ އޮޑިޝަންތައް ރޭ ވަނީ ދައްކަން ފަށައިފއެވެ.
އެމެރިކަން އައިޑަލްގެ މިފަހަރުގެވެސް ހޯސްޓަކީ ކުރީ ސީޒަންގެވެސް ހޯސްޓް ރިއާން ސީކްރެސްޓް އެވެ.