13 Mar 2018, 09:14
ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ސޮނާކްޝީ ސިންހާ ވެސް "ރޭސް 3"ގެ މަންޒަރުތަކުން ފެނިގެންދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ދާދި ފަހުން ސަލްމާން ހާން އަދި ޖެކަލީން ފެނާންޑޭޒް ވަނީ ތައިލޭންޑްގެ ޖަންގަކި ތެރޭ ރޭސް 3ގެ ބައެއް މަންޒަރުތަކެއް ނަގައިފައެވެ.
ރޭސް 3ގެ ހާއްސަ ފެނިލުމަކުން ސޮނާކްޝީ ފެނިގެން ދާއިރު އޭނާ ފެނިގެންދާނެ ރޯލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މަގްބޫލު 'ރޭސް' ފްރެންޗައިޒްގެ ތިން ވަނަ އިންސްޓޯލްމަންޓް 'ރޭސް 3' އަކީ ގިނަ އަދަދަކަށް އެކްޝަން މަންޒަރުތަކެއް ހިމެނޭ ފިލްމެކެވެ.
ރަމޭޝް ޓޮރާނީ ޕްރޮޑިއުސް ކުރާ 'ރޭސް 3' ގައި ސަލްމާން އާއި ޖެކަލީންގެ އިތުރުން ދެން ފެނިގެން ދާނީ ބޮބީ ޑިއޯލް އާއި ޑެއިޒީ ޝާހް، ފްރެޑީ ދާރޫވާލާ އަދި ސާގިބް ސަލީމެވެ.
ރޭސް 3 އަކީ ބޮލީވުޑްގެ ކާމިޔާބު ކޮރެއޮގްރަފާރު އަދި ޑައިރެކްޓަރު ރޭމޯ ޑިސޫޒާ ޑައިރެކްޓު ކުރާ ފިލްމެކެވެ.