13 Mar 2018, 08:59
މިޔަންމާގެ ރޮހިންގާ ދަރިކޮޅުގެ މުސްލިމުންނަށް އެހީވުމަށް އެއްކުރި ފައިސާ އޭގެ ހައްގުވެރިންނަށް ފޯރުކޮށްދެވުނުކަން ކަށަވަރު ކުރާނެކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފިއެވެ.
އެ މިނިސްޓްރީ އިން މިހެން ބުނެފައިވަނީ ރޮހިންގާއަށް އެހީވުމަށް ހުޅުވި ފަންޑަށް ލިބުނު ފައިސާއަށް ވީގޮތެއް ނޭނގޭ ކަމަށް ބަައެއް މީޑިއާތަކުން ބުނެފައިވާތީ އެކަމާ ގުޅިގެން ރޭ ނެރުނު ނޫސްބަޔާނެއްގައެވެ.
ނޫސްބަޔާނުގައި މިނިސްޓްރީން ބުނީ ސަރުކާރުގެ ފަރާތުން ރޮހިންގާއަށް އެހީވުމަށް ކުރިއަށް ގެންދިޔަ ހަރަކާތްތަކުން
އޭގެ ތެރޭގައި ނަގުުދު ފައިސާ އާއި ބައެއް ފަރާތްތަކުން ދޭނެ ކަމަށް ވައުދުވެފައިވާ އެހީތައް ހިމެނޭ ކަމަށާއި މިގޮތަށް ވައުދުވެފައިވާ ފައިސާ ހޯދުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހުނުކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެއެވެ.
ރޮހިންގާ ފަންޑަށް ލިބުނު ފައިސާ ފޮނުވުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކޮށް ނިމިފައިވާ ކަމަށާއި ވީ އެންމެ އަވަހަކަށް ފައިސާ، އޭގެ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.