12 Mar 2018, 22:46
ހައިކޯޓުގެ ރަޖިސްޓްރާ ކަމަށް ބޭފުޅަކު ހަމަޖައްސައިފިއެވެ.
ހައިކޯޓުގެ ރަޖިސްޓްރާ ކަމަށް ހަމަޖައްސާފައި ވަނީ އެ ކޯޓުގެ އެސިސްޓެންޓް ލީގަލް އޮފިސަރުގެ މަގާމުގައި ހުންނެވި މަރިޔަމް ހޫރުޝީދާއެވެ.
ދެހާސް އެގާރަ ވަނަ އަހަރުން ފެށިގެން އެސިސްޓެންޓް ލީގަލް އޮފިސަރުގެ މަގާމުގައި ހުންނެވި ހޫރުޝީދާ ރަޖިސްޓްރާގެ މަގާމަށް ހަމަޖެއްސެވީ އެ މަގާމު ހުސްކޮށް އޮންނަތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށެވެ.
ރަޖިސްޓްރާގެ މަގާމަށް ބޭފުޅަކު ހޯދުމަށް މިދިޔަ މަހުގެ އަށް ވަނަ ދުވަހު ހައިކޯޓުން އިއުލާންކުރިއެވެ.
ހައިކޯޓުގެ ރަޖިސްޓްރާ ކަމުގެ މަގާމުގައި ކުރިން ހުންނެވި ހަސަން އަލީ މިދިޔަ އަހަރުގެ އޭޕްރީލް މަހު މަގާމުން ވަނީ ދުރުކޮށްފައެވެ. އޭނާ މަގާމުން ވަކިކުރިފަހުން މިހާތަނަށް ރަޖިސްޓްރާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވީ ހޫރުޝީދާއެވެ.