12 Mar 2018, 21:07
އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ބ. އަތޮޅުގެ އެންމެފަހުގެ ޗެމްޕިއަން، އޭދަފުށީގެ މައްޗަށް އަވޭ ގޯލްގެ ތަފާތުން ކުރިހޯދާ ބ. އަތޮޅުގެ ޗެމްޕިއަންކަން ފެހެންދޫން ހޯދައިފިއެވެ.
ބ. އަތޮޅުގެ ޗެމްޕިއަނުންގެ ގޮތުގައި އޭދަފުށިވަނީ ޒޯން ބުރަށް ކޮލިފައިވެފައެވެ.
މިފަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި ބ. އަތޮޅުން ބައިވެރިވެފައިވަނީ ދެޓީމެވެ. ދެ ޓީމު ބައިވެރުވުމުން އެ އަތޮޅުގެ އަތޮޅު ބުރުގައި ކުޅުމަށް ހަމަޖެހިފައިވަނީ ހޯމް އެންޑް އަވޭ ދެ މެޗުވެެ. '
އޭދަފުށީގައި ކުޅުނު ފުރަތަމަ މެޗު ފެހެންދޫއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
މިއަދު އޭދަފުށީގައި ކުޅުނު ދެވަނަ މެޗުން އޭދަފުށި މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު އެގްރިގޭޓް ނަތީޖާ 3-3 އިން އެއްވަރުވި ނަމަވެސް ފެހެންދޫއަށް ޗެމްޕިއަންކަން ލިބުނީ އަވޭ ގޯލްގެ ފައިދާއިންނެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ހާފް ނިމެން މިނެޓަކަށް ވެފައިވަނިކޮށް އޭދަފުއްޓުން ލީޑު ނެގީ ފެހެންދޫގެ ހަސަން ޝަފީއުގެ އަތުން ބައިކޮޅަށް ވަން ގޯލާ އެކީގައެވެ.
އޭދަފުށިން ދެވަނަ ގޯލް ޖެހީ މެޗުގެެ 61 ވަނަ މިނެޓުގައެވެ. އެޓީމަށް ލީޑު ފުޅާކޮށްދިނީ އަލީ ޒުބޭރެވެ.