12 Mar 2018, 20:27
އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ރ. އަތޮޅު ބުރުގެ މުބާރާތް މިއަދު މީދޫގައި ފަށައިފައިވާއިރު، ފުރަތަަމަ މެޗު މުބާރާތް ބާއްވާ ރަށް މީދޫން ކާމިޔާބުކޮށްފިއެވެ.
ރ. އަތޮޅު ބުރު ފުރަތަމަ އަލިފުށީގައި ބާއްވާ ގޮތަށް އެފްއޭއެމުން ނިންމި ނަމަވެސް ފަހުން ވަނީ މީދުއަށް ބަދަލުކޮށްފައެވެ. މުބާރާތުގެ ރ އަތޮޅު ބުރު މުއްދަތެއް ނެތް ގޮތަށް ފަސްކުރި ކަމަށް ކުރިން އެފްއޭއެމުން އިއުލާން ކުރި ނަމަވެސް މިއަދުވަނީ މުބާރާތް ފަށައިފައެވެ.
މިއަހަރުގެ ރ. އަތޮޅު ބުރުގައި ވާދަކުރާ ޓީމުތަކަކީ، މީދޫ، އަލިފުށީގެ އިތުރުން އުނގޫފާރާއި އިންނަމާދުއެވެ.
މިއަދުގެ މެޗުގައި މީދޫއިން އުނގޫފާރުގެ މައްޗަށް ކުރި ހޯދީ 3-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ލީޑު ނެގީ އުނގޫފާރުންނެވެ. މެޗުގެ ހަތްވަނަ މިނެޓުގައި އުނގޫފާރުން ސައުދުﷲ ހުސައިނެވެ. ހާފް ނިމުމުގެ ކުރިން މެޗުގެ 25 ވަނަ މިނެޓުގައި މީދޫގެ ނާޖިހު މުހައްމަދުގެ ގޯލުން މީދޫން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
ދެވަނަ ހާފް ފެށިގެން ހަވަނަ މިނެޓުގައި އަހުމަދު އާސިފްގެ ގޯލުން މީދޫވަނީ މެޗުގެ ލީޑު ނަގައިފައެވެ. އަދި އޭގެ ފަސް މިނެޓު ފަހުން އާސިފްގެ ދެވަނަ ގޯލާއެކު މީދޫންވަނީ ލީޑު ފުޅާކޮށްފައެވެ.
ރ. އަތޮޅު ބުރުގައި މާދަމާ ކުޅޭ މެޗުގައި އޮންނާނީ އަލިފުއްޓާއި އިންނަމާދޫއެވެ.