ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގެ މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމުގެ ގޮތުން އިލެކްޓްރޯނިކް ސިސްޓަމެއް ގާއިމުކުރުމަށް ދިރާގާ ހަވާލުކޮށްފިއެވެ.

ދިރާގުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު އަދި ޕާމަނަންޓް ސެކްރެޓަރީ މުސްހަބު އަބްދުﷲއެވެ. އަދި ދިރާގުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އިސްމާއިލް ރަޝީދު އަދި ޑިރެކްޓާ އޮފް ކަސްޓަމާ ސާވިސް އެންޑް ސޭލްސް އަލީ ރިޔާޒްއެވެ.

މިސްކިތްތަކުގެ ހާޒިރީތައް ބެލެހެއްޓުމަށް ސިސްޓަމެއް ގާއިމުކުރުމަށް ދިރާގާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މިއަދު ސޮއިކުރި އެއްބަސްވުމުގެ ސަބަބުން މިސްކިތްތަކުގައި މަސައްކަތްކުރާ މުވައްޒިފުންގެ މުސާރައާ އެލަވަންސްތައް ދިނުމުގައި ފަސޭހަވެ އެ މުވައްޒިފުން ޒިންމާދާރުކުރެވިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އިލެކްޓްރޯނިކް ސިސްޓަމްގެެ ދަށުން ރާއްޖޭގެ 700 އަށް ވުރެ ގިނަ މިސްކިތްތައް ބެލެހެއްޓޭނެ ކަމަށް ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.