12 Mar 2018, 09:13
ގައިންގަޔަށް ނާރާ ބަލިތަކާ ދެކޮޅަށް އުފައްދައިފައިވާ މަދަނީ ޖަމިއްޔާމޯލްޑިވްސް ނޮން ކޮމިޔުނިބަލް ޑިޒީސް ކޮންޓްރޯލް އެލަޔަންސް(އެންސީޑީ) އިފްތިތާހުކޮށްފިއެވެ.
މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އެކުލަވައިލި ޖަމިއްޔާގެ ފުރަތަމަ އަހަރީ ޖަލްސާ ވަނީ ޔޫތު ސެންޓަރުގައި ރޭ ބާއްވައިފައެވެ. ރޭގެ ޖަލްސާގައި އެ ޖަމިއްޔާގެ ހިންގާ ގަވައިދަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމުގެ އިތުރުުން އެންސީޑީގެ އާ ބޯޑުވެސް ވަނީ އިފްތިތާހުކޮށްފައެވެ.
އެންސީޑީ ބޯޑު
- ޗެއާޕާސަން: ޑރ. އަބްދުލް މަލިކް
- ވައިސް ޗެއާޕާސަން: އައިޝަތު ޝިރުހާނާ
- ސެކެޓްރީ ޖެނެރަލް: ޖީހާން މަހުމޫދު
- ޓްރެޝަރާ: ލިމްޔާ ހާމިދު
- ޕޭޝަންޓް އެޑްވޮކޭޓް: މުޙައްމަދު ޝާހީ
- ޔޫތު މެންބަރު: ޑރ. މިނާހް ފާއިޒު
އެންސީޑީއަކީ ރާއްޖޭގެ ކެންސަރ ސޮސައިޓީއާއި ޑައިބީޓީސް ސޮސައިޓީ އަދި ޓައިނީ ހާޓްސް އާ ގުޅިގެން އުފައްދައިފައިވާ ޖަމިއްޔާއެކެވެ.
އެންސީޑީން ބުނީ އެ ޖަމިއްޔާގެ މަގުސަދަކީ ގައިންގަޔަށް ނާރާ ބަލިތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި އެއްބަޔަކު އަނެއްބަޔަކަށް އެއްބާރުލުންދީ ގައުމީ އިއްތިހާދެއް އެކުލަވާލުން ކަމަށެވެ.
އެ ޖަމިއްޔާއިން އިސްނަގައިގެން މީހުން ހޭލުންތެރިކުރުވުމަށް ޕްރޮގްރާމުތައް ހިންގައި ތަފާތު ދާއިރާތަކާއެކު މައުލޫމާތު ހިއްސާކުރުމަށް ވެސް ހަމަޖެހިފައިވެއެވެ.
އެންސީޑީން މިއަހަރު ކުރުމަށް ނިންމައިފައިވާ ކަންތައްތަކުގެ ތެރޭގައި ޅަފަތުގައި ބަރުދަން ކޮންޓްރޯލްކުރުން ހުއްޓުވައި، ގިނައިން ހަކުރު ހުންނަ ބުއިންތައް ބޭނުންކުުރުން ހުއްޓުވުމާއި އަދި ދުނިޔޭގެ ހިތުގެ ޖަމިއްޔާއިން 2030 ވަނަ އަހަރު ހާސިލްކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ރާއްޖެއިން ވާސިލުވުމަށް އެހީތެރިވުންވެސް ހިމެނޭ ކަމަށް އެންސީޑީން ބުންނެވެ.