ރާއްޖޭގެ ލީޑިން ޕްރައިވެޓް ކޮލެޖެއް ކަމަށްވާ އެވިޑް ކޮލެޖުގެ މޭ އިންޓޭކްއާ ގުޅޭ ކުދިންގެ ތެރެއިން ގުރުއަތުން ހޮވޭ ކުއްޖަކަށް އުމްރާ ދަތުރެއް ލިބޭގޮތަށް ހަމަޖައްސައިފިއެވެ.

އެވިޑް ކޮލެޖުގެ މޭ އިންޓޭކް ހުޅުވާލުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮލެޖުގެ ޗެއާމަން އަބްދުﷲ މުޝްތާގު ވިދާޅުވީ، އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ މޭ އިންޓޭކްގެ ޕްރޮމޯޝަން ތަފާތުވާނެ ކަމަށެވެ.

" ހަގީގަތުގައި އަޅުގަނޑުމެން ބޭނުންވީ މިކަހަލަ ދީނީ ކަންތައްތަކަށްވެސް މޯޓިވޭޓް ކުރުވަން. އެވިޑް ކޮލެޖުގެ ކޯސްތައް ހިންގާ ކޮންމެ ރަށެއްގައި އައްޑު އަތޮޅުން އެޕްލައިކުރާ ކުއްޖާއަށް ވެސް މި ޕްރޮމޯޝަނަށް އެޕްލިކަބަލް ވާނެ،" މުޝްތާގު ވިދާޅުވިއެވެ.

ގުރުއަތުން ހޮވޭ ދަރިވަރު އުމްރާ ދަތުރު އެހެން ބޭފުޅަކަށް ދޭން ބޭނުންނަމަ އެހެން ބޭފުޅަކަށް އެ ދަތުރު ހަވާލުވެސް ކުރެވިދާނެ ކަމަށްވެސް މުޝްތަގު ވިދާޅުވިއެވެ.

މުޝްތާގު ވިދާޅުވީ، އަންނަ މޭ އިންޓޭކްގައި އެ ކޮލެޖުގެ ކޯސްތަކަަށް ކުރިމަތިލާ ދަރިވަރުންނަށް 10- 15 އާ ދެމެދުގެ ޑިސްކައުންޓް ވެސް ލިބެގެން ދާނެކަމަށެވެ.

އެވިޑް ކޮލެޖުން މިހާރު ތައްްޔާރުވަމުންދަނީ އަންނަ މޭ އިންޓޭކްގައި މެލޭޝިއާގެ ޔޫޓީއެމްގެ ސައިކޮލެޖީ ކޯސް ހިންގުމަށްކަމަށް އެވިޑް ކޮލެޖުން ބުންޏެވެ.