24 Aug 2011, 13:57
ކްރިކެޓް ބޯޑުން އިންތިޒާމްކޮށްގެން މާލޭގައި މިހާރު ކުރިއަށްދާ އިންވިޓޭޝަން ޓޭޕް ބޯލް ކްރިކެޓް މުބާރާތުގައި އިއްޔެ ކުޅުނު މެޗްތައް އެއާޓެކްސީގެ ޓީމާއި މާލޭ ސްޕޯޓްސް ކުލަބުން ކާމިޔާބު ކޮށްފި އެވެ.
ކުޅިވަރު އެކުވެނީ އެއް ނަންބަރު ދަނޑުގައި ކުރިއަށްދާ މިމުބާރާތުގައި އިއްޔެ ކުޅުނު ދެ މެޗްގެ ތެރެއިން ފުރަތަމަ މެޗް އެއާޓެކްސީގެ ޓީމުން ކާމިޔާބު ކުރީ ޖީއެމްއާރާ ބައްދަލުކޮށް ތިން ވިކެޓުން ނެވެ. ދެ ވަނަ މެޗް މަލޭ ސްޕޯޓްސް އިން ކާމިޔާބު ކުރީ އެސްޓީއޯއާ ބައްދަލުކޮށް އަށް ވިކެޓުން ނެވެ.
އިއްޔެގެ ފުރަތަމަ މެޗްގައި ޓޮސް ދިމާވުމުން ޖީއެމްއާރުން ކުޅެންއަރާ އަށް އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން 135 ލަނޑުހެދި އެވެ. ޖީއެމްއާރުން އެންމެ ރަނގަޅަށް ކުޅުނީ 33 ލަނޑުހެދި އަހުމަދު އަފްޒަލް އެވެ. ޖަވާބުގައި އެއާޓެކްސީން ކުޅެންއަރާ އަށް އޯވަރުގެ ތެރޭ ފަސް ކުޅުންތެރިން ނުބައިވެގެން 136 ލަނޑުހެދި އެވެ.
އިއްޔެ ކުޅުނު ދެ ވަނަ މެޗް ޓޮސް ލިބުމުން އެސްޓީއޯ ކުޅެންއަރާ އަށް އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން 57 ލަނޑު ހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނީ 10 ލަނޑުހެދި މަހުމޫދު ރިޔާޒެވެ. ޖަވާބުގައި މާލޭ ސްޕޯޓްސް އިން ކުޅެންއަރާ އެއްވެސް ކުޅެންތެރިއެއް ނުބައިނުވެ ތިން އޯވަރުގެ ތެރޭގައި 58 ލަނޑުހެދި އެވެ.
މިމުބާރާތުގައި ފުރަތަމަ މެޗްގައި މިއަދު ބައްދަލުކުރާނީ އެއާޓެކްސީ އާއި މާލޭ ސްޕޯޓްސް ކުލަބެވެ. ދެ ވަނަ މެޗްގައި ބައްދަލުކުރާ ދެ ޓީމަކީ ޖީއެމްއާރާ އެސްޓީއޯގެ ޓީމެވެ. މި ދެމެޗްގެ ކުޅުން ވެސް ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 16:10 ގައެވެ.