ގދ. ތިނަދޫގެ ގެއަކުން ފަތްކެޔޮގަނޑެއް ވަގަށް ކެނޑި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް ތަހުގީގު ކުރުމަށް ފަހު ދޫކޮށްލައިފި އެވެ.


ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރު ކުރީ މިދިޔަ ހަފްތާގެ ތެރޭ ކަމަށެވެ. އަދި އިއްޔެ އެ ދެމީހުން ދޫކޮށްލީ ތަހުގީގު ނިންމުމަށް ފަހު ކަމަށް ފުލުހުން ބުނެ އެވެ.

ތިނަދޫން ވާހަކަ ދެއްކި މީހަކު ބުނީ ދޮންކެޔޮލަކީ އެ ރަށުގައި ވަރަށް މާކެޓް އޮންނަ އެއްޗަކަށް ވާތީ މީހުން ދަންވަރު ކެޔޮގަނޑުތައް ކަނޑާލައިގެން ގެންގޮސް އެކި ރަށްރަށަށް ވިއްކާ ކަމަށެވެ.

ރަށުގެ ނަން ބަދަލުކުރުމުގައި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނިންމާފައިވާ ތިނަދޫގައި ވައްކަން ކުރުން އިތުރުވުމާ ގުޅިގެން އައްޑޫގައި ތިބި ބައެއް ފުލުހުން ވެސް މިހާރު އެރަށަށް ގެންގޮސްގެން ޚާއްސަ އޮޕަރޭޝަނެއް ވަނީ ފަށައިފަ އެވެ.