ށ. މިލަންދޫގައި ސާފު ބޯފެނުގެ ނިޒާމު ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

އިއްޔެ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މަސައްކަތް ފައްޓަވައިދެއްވީ އެންވަޔަރަމެންޓް މިނިސްޓަރު ތާރިގް އިބްރާހިމް އެވެ.

މިލަންދޫގެ ފެނުގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްގެންނެވެ.

މިއީ މަޝްރޫޢަކީ އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ލޯނު އެހީ އާއި ދިވެހި ސަރުކާރުގެ ބަޖެޓުން ކުރިއަށްގެންދާ މަޝްރޫއެކެވެ. މަޝްރޫއުގެ އަގަކީ މިމަޝްރޫޢުގެ އަގަކީ 46,926,382.76 ރުފިޔާ އެވެ.

މިމަޝްރޫޢުގެ ދަށުން ށ. މިލަންދޫގައި 29 ކިލޯ މީޓަރުގެ ބޯފެނުގެ ވިއުގައެއް ގާއިމްކޮށް ގަޑިއަކު 10 ޓަނުގެ ފެންއުފައްދާ ދެ އާރްއޯ ޕްލާންޓް ބެހެއްޓޭނެ އެވެ. މި ދެ ޕްލާންޓުން ދުވާލަކު ޖުމްލަ 164 ޓަނުގެ ފެން އުފެއްދޭނެ އެވެ.

މަޝްރޫޢު ނިމޭއިރު މިލަންދޫގައި ސާފު ފެނުގެ ޚިދުމަތް ގާއިމްވެ، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ހުރިހާ ގޭބީސީތަކާއި މުއައްސަސާތަކަށް ސާފު ފެނުގެ ޚިދުމަތް ގުޅާ ދެވޭނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީ އިން ބުނެ އެވެ.

މިލަންދޫ މަރުދަމާގެ ނިޒާމުގެ މަސައްކަތް ވެސް ކޮށްފައި ވަނީ އެމްޑަބްލިިއުއެސްސީ އިންނެވެ.