11 Mar 2018, 10:48
ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑްގައި މަޝްހޫރު ވެގެންދިޔަ ބަތަލު ރާހުލް ރޯއީ އަނެއްކާ ވެސް ބޮލީވުޑް އަށް ނުކުތުމަށް ތައްޔާރުވެއްޖެ އެވެ.
މެދުކެނޑުމަކަށް ފަހު ރާހުލް ބޮލީވުޑަށް އެނބުރި އަންނަނީ ފިލްމު "ވެލްކަމް ޓު ރަޝިޔާ" އިން ނެވެ.
ނިތިން ގުޕްތާ ޑައިރެކްޓް ކުރާ އެ ފިލްމުގެ ޝޫޓިން މިހާރު ފަށާފައިވާ އިރު އެ ފިލްމުގައި ރާހުލް ފެނިގެންދާނީ ފުލުހެއްގެ ރޯލުން ކަމަށް ބޭރުގެ ރިޕޯޓްތައް ބުނެ އެވެ.
"ފިލްމަށް ވަރަށް ލުކް ފޯވާޑް ކުރަން އެބަ. ފިލްމުގެ ޓީމާ މެދު ވަރަށް ހިތްހަމަ ޖެހޭ. މެދުކެނޑުމަކަށް ފަހު ރާހުލް ފެނިގެންދާނެ ރާހުލްގެ ގޮތުގައި. ރަނގަޅު ސްކްރިޕްޓް އެއް މިއީ،" އޭނާ ބުންޏެވެ.
ރާހުލް ބުނީ ފިލްމުގައި ފެނިގެންދާނީ ކޮރަޕްޝަނުގެ މައްސަލަތަކުގައި ވެސް އަތެއްވާ ފުލުހެއްގެ ރޯލުން ކަމަށެވެ.
ފިލްމު މި އަހަރުތެރޭ ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ.
ރާހުލް އެންމެ ފުރަތަމަ ބޮލީވުޑް އިން ފެނިގެންދިޔައީ ފިލްމު "އާޝިގީ" އިން ނެވެ.
މައުލޫމާތު: ހިންދުސްތާން ޓައިމްސް