11 Mar 2018, 09:31
ގޮރޯބީ ގްރޭވާލް ޑައިރެކްޓް ކުރާ ފިލްމު ރޯމިއޯ އަކްބަރު ވޯލްޓާ (ރޯ)ގެ ބަތަލަކަށް ޖޯން އަބްރަހަމް ހަމަޖައްސައިފި އެވެ.
ޖޯން އަށް ފިލްމުގެ ލީޑް ތަރި ހުށައަޅަފައިވީ ނަމަވެސް އެންމެ ފުރަތަމަ ފިލްމަށް ހަމަޖައްސާފައި ވަނީ މަޝްހޫރު ބަތަލު ސުޝާންތް ސިންހް އެވެ.
ސުޝާންތް ފިލްމު ދޫކޮށްލައިފައި ވަނީ ފިލްމު ރޯގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވާ ދުވަސްވަރު އޭނާގެ އެހެން ފިލްމުތަކުގެ މަސައްކަތް ފަށާ ދުވަހާ ދާދި އެއް ދުވަސްވަރަކަށް ވުމުން ކަމަށް ބޭރުގެ ރިޕޯޓްތައް ބުނެ އެވެ.
— John Abraham (@TheJohnAbraham)March 9, 2018
އަންނަ ޖޫން މަހު ރޯގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ އިރު ޑައިރެކްޓަރު ގްރޯބީ ބުނީ ފިލްމަށް ގެނެވުނު ބަދަލާ މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ.
"އަސްލު ރަނގަޅު ބަދަލެއް މި ގެނެވުނީ. ސްކްރިޕްޓް ޖޯން ކިޔާލާފައި ވަގުތުން އާ ބަސް ބުނެފި. ވަރަށް ހިތްހަމަޖެހިފައި މި ހުންނަނީ،" އޭނާ ބުންޏެވެ.
ފިލްމު ރޯ އަކީ 1970ގެ އަހަރުތަކުގައި ހިނގި ހާދިސާތަކެއްގެ ތްރިލާ ފިލްމެކެވެ.
މައުލޫމާތު: ގަލްފް ނިއުސް