މާފަންނު ވީބީ މާޓު ކައިރީ ހުރި އިމާރާތަކުން ވެއްޓި ޒުވާނަކު މަރުވެއްޖެއެވެ.

ސަންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މިއަދު ހެނދުނު ހިނގި އެ ހާދިސާގައި ޒުވާނާ ވެއްޓިފައިވަނީ ފަސް ބުރީގެ ގެސްޓް ހައުސްއަކުންނެވެ. މަރުވި ޒުވާނާގެ އުމުރަކީ 22 އަހަރެވެ.

އައިޖީއެމްއެޗް އިން މައުލޫމާތު ދިން ގޮތުގައި ޒުވާނާ ހޮސްޕިޓަލަށް ގެނައި އިރުވެސް ވަނީ މަރުވެފައެވެ. އެ މައްސަލަ ފުލުހުންގެ ފޮރެންސިކް ޓީމުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

މިދިޔަ މަހުގެ ފަހުކޮޅުވެސް ވަނީ އެފަދަ ހާދިސާއެއް ހިނގައިފައެވެ. ހުޅުމާލޭ ފްލެޓެއްގެ ވައިގޮޅިން ވެއްޓި އެފަހަރު މަރުވެފައިވަނީ ބިދޭސީއެކެވެ. އެ މީހާ މަރުވެފައިވަނީ އިތުރު ފަރުވާ ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލުން އޭޑީކޭއަށް ބަދަލުކުރި ފަހުންނެވެ.