26 May 2010, 05:17
10:00
ޑރ.ޒާކިރު ނައިކުގެ އަނބިކަނބަލުންގެ ދަރުސް އެއް މިރޭ އިސްލާމީ މަރުކަޒުގައި އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރ އަހުމަދުﷲ ޖަމީލް މިއަދު ވިދާޅުވީ މިރޭ ނުވައެއް ޖަހާއިރު އިސްލާމީ މަރުކަޒުގައި އަންހެން ބޭފުޅުންނަށް ޚާއްސަ ކޮށްގެން އޮންނަ އެ ދަރުސްގައި ޑރ.ޒާކިރު ނައިކުގެ އަނބިކަނބަލުން ފަރުހަތު ނައިކު ދަރުސް ދެއްވާނީ ދީނާމެދު އުފެދިފައިވާ ކުށްހީތަކާ ބެހޭ ގޮތުން ކަމަށެވެ. އަދި އެއް ގަޑިއިރު ދަރުސް ދެއްވުމަށްފަހު ދެން ހުޅުވާލާނީ ސުވާލާއި ޖަވާބަށް ކަމަށް ވެސް އަހުމަދުﷲ ވިދާޅުވި އެވެ. އިނގިރޭސި ބަހުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ ދަރުސް އޮންނާނީ އިސްލާމީ މަރުކަޒުގެ ހޯލުގައި ކަމަށާއި އެ ދަރުސް އަޑުއެހުމަށް އަންނަ ފަރާތްތައް ގިނަވެއްޖެނަމަ އެމަރުކަޒުގެ ލޮބީގަޔާއި ތިންވަނަބުރީގައި ތިބެގެން ވެސް ދަރުސް އަޑު އެހޭނެ ކަމަށް އަހުމަދުﷲ ވިދާޅުވި އެވެ.
އަހުމަދުﷲ އިތުރަށް ވިދާޅުވީ އެމިނިސްޓްރީން ބޮޑަށް ބަލަނީ އެ ދަރުސް އަކީ އަންހެން ބޭފުޅުންނަށް ހާއްސަ ދަރުސް އަކަށް ވާތީ ވީހާވެސް ބޮޑަށް ޓެކްނިކަލް ބައިގައި ވެސް އަންހެން ބޭފުޅުން ބޭނުން ކުރުމަށް ކަމަށެވެ.