މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގާލާ ރައުންޑަށް ދަތުރުކުރި 12 ބައިވެރިން ކަށަވަރުވެއްޖެއެވެ.

އައިޑަލްގެ ޕިއާނޯ ރައުންޑު ރޭ ނިންމައިލިއިރު، ރޭގެ ޝޯއަށް އަލްވަދާއު ކީ ދެ ބައިވެރިންނަކީ އަހުމަދު ނަޒީހުއާއި މޫސާ އިޝާން އެވެ.

ޕިއާނޯ ރައުންޑަށް 16 ބައިވެރިން ދަތުރުކުރި އިރު މިދިޔަ ހަފްތާވެސް ވަނީ ދެ ބައިވެރިއަކު އައިޑަލްގެ ދަތުރު ނިންމާލައި، ޝޯއާ އަލްވަދާއު ކިޔައިފައެވެ. އެ ދެ ބައިވެރިންނަކީ އަހްމަދު އިޝާމް އާއި ނިސްފާ މުސްތަފާ އެވެ.

އަންނަ ހަފްތާގައި އައިޑަލްގެ ގާލާ ރައުންޑް ފަށާއިރު ދެން އޮންނާނީ ވާދަވެރި ޝޯ ތަކެކެވެ.

އައިޑަލްގެ ގާލާ ރައުންޑުގެ ޖާގަތައް ކަށަވަރު ކުރި ބައިވެރިންނަކީ މަރިޔަމް މައީޝާ، ޝާން ޝަރީފު، އަބްދުﷲ މުނާޒް، އަބްދުﷲ މުރްޝިދު، އައިޝަތު އަޒަލް، ރައިހާން އާދަމް، ހަސަން ޝަހުދާން، އިބްރާހިމް ޝަމީލް އާއި ސައިނާ މުހައްމަދުގެ އިތުރުން މަރިޔަމް ސަލްވާ އާއި ތަސްލީމް އަބްދުލް ކަރީމް އަދި ނައުޝާދު އަބްލުއްލަތީފް އެވެ.