ޖުމްހޫރީ ޕާޓިގެ ނައިބު ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ ޕާސަނަލް ބޮޑީގާޑު، މުހައްމަދު ނިޒާމުގެ ފޯނު ހިފަހައްޓައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ސްޕޯކްސް ޕާސަން އަލީ ސޯލިހު ވިދާޅުވީ ނިޒާމުގެ ފޯނު ހިފެހެއްޓީ މިއަދު މެންދުނުފަހު 3:00 އެހައިކަންހާއިރު ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

ނަމަވެސް ނިޒާމު ހައްޔަރުކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނިޒާމަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބޮޑީގާޑެއްގެ ގޮތުގައިވެސް މަސައްކަތްކުރި މީހެކެވެ. އަދި އޭނާ ކުރިން ފުލުންގެ ވަޒީފާ ވެސް އަދާކޮށްފައިވާ މީހެކެވެ.