މި އަހަރު އިންޑިއާގެ މުމްބާއީގައި ބާއްވާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)އަށް ނޮމިނޭޝަންސް ހުށަހެޅުމުގެ ފުރުސަތު 15 މާޗު ވާ ބުރާސްފަތި ދުވަހަށް ހަމަވާނެ އެވެ.

ސަރަހައްދީ ޓޫރިޒަމްގެ އެންމެ ޝަރަފުވެރި މި އެވޯޑަށް މިހާތަނަށް ދިވެހިރާއްޖެ، އިންޑިއާ، ސްރީލަންކާ އަދި ނޭޕާލްގެ އިތުރުން ބޫޓާނުގެ ބޮޑެތި ހޮޓެލް ބްރޭންޑުތަކުން ނޮމިނޭޝަން ހުށަހަޅާފައިވާ ކަމަށް މި އެވޯޑްސް އިންތިޒާމުކުރާ ހައިރައިޒްއިން ބުނެ އެވެ.

ހައިރައިޒުން ބުނީ އަދި ވެސް ނޮމިނޭޝަންތައް ލިބެމުން އަންނަ ކަމަށާއި ނޮމިނޭޝަންސް ހުށަހެޅުމުގެ ފުރުސަތު ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވިފައި އޮންނާނެ ކަމަށެވެ.

އޮންލައިންކޮށާއި އެޕްލިކޭޝަން ފޯމު މެދުވެރިކޮށް ނޮމިނޭޝަންސް ހުށަހެޅޭނެ އެވެ.

ހައިރައިޒުން ބުނީ ފަތުރުވެރިކަމާއި ޓްރެވަލް ދާއިރާގެ ތަޖުރިބާކާރުންގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ ޕެނަލަކުން ނޮމިނޭޝަންތައް ބަލާނެކަމަށާއި އެއަށް ފަހު އޮންލައިންކޮށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށެވެ.

މިއަހަރަކީ ސަޓާ އެވޯޑްސް ބާއްވާ ތިން ވަނަ އަހަރެވެ. މި އަހަރުގެ އެވޯޑްސް ބޭއްވުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ ވިޔަފާރި ނާރެސް، މުމްބާއީގަ އެވެ. އެހެން ނަމަވެސް އެވޯޑްސް ބާއްވާ ތަނެއް ނިންމާފައެއް ނުވެ އެވެ. ހައިރައިޒުން ނިންމާފައިވަނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ސަޓާ އެވޯޑްސް ހަފްލާ ބޭއްވުމަށެވެ.

ސަޓާ އެވޯޑު އެންޑޯޒް ކޮށްފައިވާ ފަރާތްތައް:

  • އެސޯސިއޭޝަން އޮފް ޓްރެވަލް އެންޑް ޓުއާ އޮޕަރޭޓާސް އިންޑިއާ
  • ފެޑެރޭޝަން އޮފް ޗޭމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ، ސްރީލަންކާ
  • ކޮލޮމްބޯ ޗޭމްބާ އޮފް ކޮމާސް
  • ކޮންފެޑެރޭޝަން އޮފް އެސޯޝިއޭޓެޑް ޓުއާ އޮޕަރޭޓާސް (އިންޑިއާ)
  • ލިވްއަބޯޑު އެސޯސިއޭޝަން އޮފް މޯލްޑިވްސް
  • އެސޯސިއޭޝަން އޮފް ޕްރޮފެޝަނަލްސް އިން ޓޫރިޒަމް، އިންޑިއާ
  • މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)
  • ނޭޕާލް ޓޫރިޒަމް ބޯޑު
  • އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް، މޯލްޑިވްސް
  • ކެރެލާ ހޮޓެލް ޖެނެރަލް މެނޭޖާ ކްލަބް
  • އިންޑިއާ އެސޯސިއޭޝަން އޮފް ޓުއާ އޮޕަރޭޓާސް