ޖަރުމަންގެ ބެޔާން މިއުނިކާއި، ސްޕެއިންގެ ވިލަރެއަލާއި ސައިޕްރަސްގެ އެޕޯލް ނިކޯސިއާ، ކޮރޮއޭޝިޔާގެ ޑައިނަމޯ ޒަގްރެބާއި ބެލްޖިއަމްގެ ރޭސިންގް ގެންކް ޗެމްޕިއަންސް ލީގު ކޮލިފައިންގެ ދެވަނަ ލެގުގެ މެޗްތައް ކުޅުމަށް ފަހު ގުރޫޕު ސްޓޭޖުގެ ޖާގަތައް ކަށަވަރުކޮށްފި އެވެ.

ބެޔާން މިއުނިކުން ޗެމްޕިއަންސް ލީގުގެ ގްރޫޕު ސްޓޭޖުގެ ޖާގަ ކަށަވަރުކުރީ ކޮލިފައިންގައި އެފް ސީ ޒިޔުރިކްއާ ވާދަކޮށް 1-0 ގެ ނަތީޖާއަކުން )3-0(ގެ އެގްރިގޭޓުން މޮޅު ވެގެންނެވެ.

ޒިޔުރިކްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗްގައި ބެޔާން އިން ކާމިޔާބުކުރި ލަނޑު މެޗްގެ ހަތްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް މާރިއޯ ގޮމޭޒް އެވެ.

ވިލަރެއާލް އިން ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުން ޖާގަ ހޯދީ ކޮލިފައިންގައި ފަސޭހަކަމާ އެކު 3-0 ން ކާމިޔާބުކޮށް )3-1( ގެ އެގްރިގޭޓަކުންނެވެ. މެޗްގައި ފެނުނު ތިން ލަނޑު ވެސް ފެނިގެންދިޔައީ މެޗްގެ ދެވަނަ ހާފަގަ އެވެ. މެޗްގެ 50 އަދި 66 ވަނަ މިނެޓްގައި ޖިއުސެއްޕެ ރޮސީ ދެލަނޑު ކާމިޔާބުކޮށްދިން އިރު މެޗްގެ 82 ވަނަ މިނެޓްގައި ތިން ވަނަ ލަނޑު ވިލަރެއަލްއަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިޔާ ކާލޮސް މާޝޭނާ އެވެ.

ފުރަތަމަ ޕޮލެންޑުގެ ޓީމަކަށް ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގެ ޝަރަފު ހޯދުމަށް ވިސްލާ ކްރަކޯ ކުރި މަސައްކަތަށް އެޕޯލް ނިކޯސިއާ ވަނީ ހުރަސް އަޅާފަ އެވެ. އެޕޯލް ނިކޯސިއާ ދަނޑުގައި ކުޅުނު މިމެޗް އެޓީމުން ކާމިޔާބުކުރީ 3-1 )3-2( ގެ އެގްރިގޭޓަކުންނެވެ. މެޗްގެ 26 ވަނަ މިނެޓްގައި ކްރަކޯގެ ކީޕަރު އަތުން ބައިކޮޅަށް ވަދެފައިވީއިރު ނިކޯސިއާގެ އަނެއް ދެލަނޑު މެޗްގެ 54 އަދި 86 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެލްޓަން ހޯސޭ އަލްމޭޑާ އެވެ. ކްރަކޯއަށް ކާމިޔާބުކޮށްދިން ހަމައެކަނި ލަނޑު މެޗުގެ 71 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސެރަރީ ވިލްކެވެ.
ދިހަ ކުޅުންތެރިންނާ އެކު ކުޅެމުންދިޔަ ޑައިނަމޯ ޒަގްރެބް ސްވިޑަން ކުލަބް މަލްމޯ އަތުން 2-0 ލަނޑުން ބަލިވި ނަމަވެސް )4-3( ގެ އެގްރިގޭޓަކުން ވަނީ ޗެމްޕިއަންސް ލީގަށް ކޮލިފައިވެ އެވެ. މިމެޗުގައި މަލްމޯއިން ޖެހި ދެލަނޑުވެސް ފެނިފައި ވަނީ 50 ވަނަ މިނެޓުގައި ޒަގްރެބް ގެ ވުރްސަޖްކޯ އަށް ރަތް ކާޑު ދެއްކި ފަހުންނެވެ. މެޗްގެ 69 ވަނަ މިނެޓުގައި ވިލްޓަން ފިގުއެރެޑޯ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިންއިރު މެޗްގެ 86 ވަނަ މިނެޓްގައި ޕޮންޓަސް ޖެންސަން ވަނީ މަލްމޯއަށް ލީޑް ފުޅާކޮށްދީފައެވެ. ފުރަތަމަ ލެގުގައި މިދެޓީމު ބައްދަލު ކުރި މެޗް ނިމިގެންދިޔައީ 4-1 ލަނޑުން ޑައިނަމޯ ޒަގްރެބް ކާމިޔާބުކޮށްގެންނެވެ.

ދެވަނަ ލެގުގައި މަކާބީގެ ހައިފާގެ މައްޗަށް 2-1 ލަނޑުން ކުރި ހޯދިނަމަވެސް (3-3) ގެ އެގްރިގޭޓަކުން އެއްވަރުވުމުން މެމެޗު ނިމުނީ އިތުރު ވަގުތު ކުޅެ ޕެނަލްޓީ ޖަހައިގެންނެވެ. ޗެމްޕިއަންސް ލީގަށް ގެންކް ކޮލިފައިކޮށްދިނުމުގައި އިސް ދައުރެއް އަދާކޮށްދިން ކީޕަރު ލަޒްލޯ ކޮޓެލެސް ވަނީ މިމެޗުގައި މަކާބީއިން ޖެހި ދެ ޕެނަލްޓީ ދިފާޢުކޮށްފަ އެވެ. ޕެނަލްޓީ ޖަހައިގެން ޗެމްޕިއަންސް ލީގު ގްރޫޕަށް ކޮލިފައިވީ ގެންކެވެ.