އެއް ވަނަ އޯލްސްޕޯޓްސް ރަމަޟާން ކެރަމް ކަޕްގެ ސިންގަލްސް އަދި ޑަބަލްސް އިވެންޓުގެ ފައިނަލް މެޗުތަކާއި ވަނަ ހޮވާ މެޗުތައް ރޭ ކުޅެ ނިމިއްޖެ އެވެ.

އެގޮތުން މުބާރާތުގެ ފިރިހެން ސިންގަލް ޗެމްޕިއަނަކަން ހޯދީ ހުސެއިން ނީޝާމެވެ. ރަނަރަޕަކަށް ޝާފީ މުހައްމަދު ހޮވުނު އިރު ތިން ވަނަ އަށް ދިޔައީ ހަސަން ނާޒިމެވެ.

އަންހެން ބައިން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އައިމިނަތު ނިފާޝާއެވެ. ރަނަރަޕަކަށް އައިޝަތު ޝަޒްނާ ހޮވުނު އިރު ތިންވަނަ އަށް ދިޔައީ އައިމިނަތް ވިޝާމާ އެވެ.

ޑަބަލްސް އިވެންޓުގެ ފިރިހެން ޗެމްޕިއަން ޕެއައަކަށް ހޮވުނީ ހުސެން ނީޝާމާއި އަބްދުﷲ އާދަމް އެވެ. ރަނަރަޕް ޕެއާ އަކަށް ހަސަން ނާޒިމާއި މުޢާވިން މުޚްތާރު ހޮވުނު އިރު ތިންވަނަ ޕެއާއަކަށް ހޮވުނީ އަބްދުލް ހަމީދު )ކޫޑު( އާއި އަހްމަދް ތޮލާލެވެ.

ޑަބަލްސް އިވެންޓުގެ އަންހެން ޗެމްޕިއަން ޕެއައަކަށް ހޮވުނީ އައިމިނަތް ވިޝާމާ އާއި ފާތިމަތް މިންހާ އެވެ. ރަނަރަޕް ޕެއާ އަކަށް އައިޝަތް ޝަޒްނާ އާއި އައިޝަތް މައިޝާ ހޮވުނު އިރު ތިންވަނަ ޕެއާއަކަށް ހޮވުނީ އަފީފުއްނިސާ އާއި ނަޝްވާން އަލީ އެވެ.
މި މުބާރާތުގެ ވަނަވަނަ އަށް ދިޔަ ފަރާތްތަކަށް ތައްޓާއި އިނާމާއި ސެޓްފިކެޓް ދިނުންމުގެ ރަސްމިއްޔާތު އޮންނާނީ މި ރެ އެވެ.