09 Mar 2018, 19:24
އަގުމެންޓިލް ޓެބްލެޓް (ބެކްޓީރިއަލް އިންފެކްޝަނަށް ބޭނުންކުރާ އެންޓިބައޮޓިކެއް) ގެ އަސްލާ އެއްގޮތް ފޭކް ބޭސްތަކެއް ކެމަރޫންގެ މާކެޓުގައި ދައިރިވާތީ، ބޭސްއެތެރެކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް ހެލްތް މިިނިސްްޓްރީ އިން އިލްތިމާސްކޮށްފިއެވެ.
އެމިނިސްޓްރީން އާންމު ކުރި ފާމަސޫޓިކަލް އެލާރޓް ބުނެފައިވަނީ އަގުމެންޓިލް އާ އެއްގޮތް ފޭކް ބޭސްތަކެއް ދައުރުވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން އަންގާފައިވާކަމަށެވެ.
އެހެންކަމުން އެ ބޭހުގެ ބެޗްނަންބަރު 562626 ބޭސް ރާއްޖެ އެތެރެކޮށް ނުވިއްކުމަށް އެ އެލާޓުގައި ވަނީ އިލްތިމާސްކޮށްފައެވެ.
ހެލްތު މިނިސްޓްރީން ބުނީ އެ ބެޗުގެ ބޭސްތައް ރާއްޖޭގައި ހުރި ކަމަށް ސިސްޓަމުން ނުދައްކާ ކަމަށެވެ.
އެލާޓުގައިވާ ގޮތުން މި ބެޗުގެ ބޭސް އުފައްދާފައިވާ ތާރީޚަކީ 2016 މެއި އެވެ. ދުވަސް ހަމަވާނީ އަންނަ އަހަރުގެ މެއި ގައެވެ.