07 Mar 2018, 21:29
މާލޭގައި އިމާރާތްކުރުމުގެ މަސައްކަތްތައް ޑީވޯޓާ ކުރުމަށް މިހާރު މަގުތަކުގައި އަޅާފައިވާ ހޮޅިތައްގިނަވެ، އާންމުންނަށް ގެއްލުންވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މުއިއްޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑީ ވޯޓާ ކުރުމަށް މަގުމަތީ ހޮޅި އެޅުމުގެ ބަދަލުގައި، އަދި ހޮޅި އެޅުމަށް ހައްލެއް ގެނައުމަށް ޑީ ވޯޓާ ނިޒާމުގެ މަސައްކަތް އެމްޑަބްލިއުއެސްސީ އާ ގުޅިގެން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
މާލޭގައި އިމާރާތްކުރާ އިމާރާތްތަކުގެ ފެން ހިންދުމަށް އެސްލޯނު ހޮޅިތައް އަޅާފައި ހުންނަނީ ދުވާރުތައް މަތީގައި އަދި މަގުމަތީގައި ދުވާރު ކައިރީގައެވެ. މީގެ ސަބަބުން ދުއްވާ އެއްޗެއްސަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ދަތިތައް ކުރިމަތިވެ ޝަކުވާކުރުން ވަނީ ގިނަވެފައެވެ.