07 Mar 2018, 19:15
އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ވަގުފް ބިނާގެ ބިންގާ އަޅައިފިއެވެ.
"ސަނާބީލް"ގެ ނަމުން ނަންދީފައިވާ މި އިމާރާތް އަޅާނީ ހުޅުމާލޭ ފޭސް އެކެއްގެ ޕްލޮޓު ނަންބަރު 11528 ގައެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އިމާރާތުގެ ބިންގާ އަޅައިދެއްވީ އެ ޔުނިވާސިޓީގެ ޗާންސެލަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދާއި ވައިސް ޗާންސެލާ އަލީ ރަޝީދުގެ އިތުރުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އާއި އައިޔޫއެމްގެ ސެންޓަ ފޯ ޕޯސްޓު ގްރެޖުއޭޓު ސްޓަޑީސްގެ ޑީން ޑރ. އިބްރާހިމް ޒަކަރިޔާ މޫސާއެވެ.

އިސްލާމކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ވަގުފް ބިނާގެ ބިންގާ އެޅުން -- ފޮޓޯ: އައިޔޫއެމް
ހަތް ފަންގިފިލާގެ މި އިމާރާތަކީ އިސްލާމިކް އާކިޓެކްޗާގެ ސްޓައިލް ފެންނާނެހެން ބިނާކުރާ މަލްޓި ޕާޕާސް އިމާރާތެކެވެ. މި އިމާރާތުގައި ސެމިނާ ރޫމަކާއި ހޯލެއްގެ އިތުރުން އޮފީސްތައް ހިންގާނެ ޖާގަ ހުންނާނެއެވެ.
މިއީ ޔުނިވާސިޓީ ހިންގުމަށް ފައިސާ ހޯދުމުގެ ގޮތުން އަޅާ އިމާރާތެކެވެ. އިމާރާތުގެ މަސައްކަތަށް ހަރަދުކުރާނީ ޑިވެލޮޕްމަންޓް ފަންޑުންނެވެ.