07 Mar 2018, 14:57
ސްޓާ ޕްލަސް އިން ދެއްކި މަޝްހޫރު ޑްރާމާ ސިލްސިލާ "ދަހްލީޒް"ގައި ހަރަކާތްތެރިވި ބަތަލާ ތްރިދާ ޗައުދަރީ ރާއްޖޭގެ ހިތްގައިމު ރިސޯޓެއްގައި ޗުއްޓީ ހޭދަކޮށްފި އެވެ.
މި މަހުގެ ދެވަނަ ދުވަހު އޭނާ ރާއްޖެ އަށް އައިސްފައިވާ އިރު ތްރިދާ ޗުއްޓީ ހޭދަކޮށްފައި ވަނީ ސަން އެކުއާ ވިލު ރީފް ރިސޯޓުގައި އަދި ސަން ސިޔާމް އިރުފުށީގަ އެވެ.
ރާއްޖޭގެ ހިތްގައިމު މަންޒަރުތައް ފެންނަ ގޮތަށް ތްރިދާ ވަނީ އޭނާގެ އިންސްޓަގްރާމް އޮފިޝަލް އެކައުންޓްގައި ފޮޓޯތައް ހިއްސާކޮށްފަ އެވެ.
ތްރިދާ ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި---
އުމުރުން 24 އަހަރުގެ ތްރިދާ މިހާރު ކުރަމުން އަންނަ މަސައްކަތަކީ ވެބް ސީރީސްއެއް ހެދުމުގެ މަސައްކަތެވެ.
ތްރިދާގެ އިތުރުން ގިނަ ފަންނާނުން ވެސް މީގެ ކުރިން ވަނީ ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަށް އައިސްފަ އެވެ.