08 Mar 2018, 18:45
ކުރީގެ މަޝްހޫރު ބަތަލާ ރޭކާ އަދި ބަތަލު ދަރްމެންދުރާ އަކީ ހަތްދިހައިގެ އަހަރު ތަކުގައި އެންމެ އާންމު ދެ މޫނެވެ.
ދެ ފަންނާނުންނަކީ އޭރުގެ އެންމެ ކެމިސްޓްރީ ރަނގަޅު ދެ ތަރިން ކަމަށް ގިނަ ބަޔަކު ގަބޫލުކޮށް، އެ ދެ ތަރިން ކުޅޭ ފިލްމުތަކަށް ވަނީ ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލު ކަމެއް ލިބިފައެވެ.
އެ ދެ ތަރިންގެ ފޭނުންނަށް މި ފަހަރު މިއޮތީ އުފާވެރި ހަބަރެކެވެ.
އެ ދެތަރިން އެއްކޮށް ފެނިގެން ދިޔަ ލަވަ "ރަފްތާ ރަފްތާ"ގެ ރީމޭކްގައި އެ ދެތަރިން އެއްކޮށް އަނެއްކާވެސް ފެނިގެންދާނެއެވެ.
ރަފްތާ ރަފްތާ އަކީ "ޔަމްލާ ޕަގްލާ ދީވާނާ ފިރް ސޭ"ގެ ލަވަ އެކެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މުމްބާއީގައި ޝޫޓް ކުރާ އެލަވައިގެ މަންޒަރުތަކެއް ނެގުމަށް ރޭކާ ވަނީ މުމްބާއީއަށް ގޮސްފައެވެ.
ދެ ތަރިންގެ އެކްޓިންގެ ހުނަރަށް ބެލިކަމުގައި ވީނަމަވެސް އެ ދެތަރިން ވަނީ ގިނަ ފިލްމު ތަކުންނާއި ލަވަތަކުން އެއްކޮށް ފެނިފައެވެ. އޭގެ ސަބަބުން އެ ދެ ތަރިން ވަނީ ބޮލީވުޑްގެ އެންމެ ކާމިޔާބު ދެ ޖޯޑަށް އޭރު ވެފައެވެ.